ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މީޑިއާ ނެޓްގައި ސްޓްރީމް ކުރަން ފަށާފައިވާ ކޮމެޑީ ވެބް ސީރީޒް “ގިރިދާ”ގެ ފުރަތަމަ ދެ އެޕިސޯޑްގެ އުސްއަލިތައް ހިމެނޭ ދެ ޓްރެއިލަރ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
ހުނަވެރި އަދި އެހާމެ މަޤްބޫލު އެކްޓަރ، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ “ގިރިދާ”ގެ މި މަންޒަރުތަކުން ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދެއެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ނެރެފައިވާ ކޮމެޑީ ސީރީޒްތަކާއި ތަފާތުކަމެއް ހުރި ސީރީޒެއްކަންވެސް ޝައި ޕްރޮޑަކްޝަނުން އިއްޔެ ހިއްސާކޮށްފައިވާ މަންޒަރުތަކުން ފެނިގެންދެއެވެ.
އެޕިސޯޑް 01ގެ ބައެއް މަންޒަރުތައް
އެޕިސޯޑް 02ގެ ބައެއް މަންޒަރުތައް
“ގިރިދާ”ގެ މައިގަނޑު ތަރިންގެ ތެރޭގައި ޢަލީ އުސާމް (ދޮނާ)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެއެވެ. މުޅި ސީރީޒްގައި ދާއިރާގެ ގިނަ ތަރިންތަކެއް ފެނިގެންދާއިރު ކޮންމެ އެޕިސޯޑަކުންވެސް އާ އަންހެން ތަރިއަކު ފެނިގެންްދާނެއެވެ. އޭގެ ތެރޭގައި ޓިކްޓޮކް ތެރޭގައި ވިދައިލި ތަރިންވެސް ހިމެނެއެވެ.
“ގިރިދާ”ގެ މާނައަކީ ތާކުން ތާކުން ނުޖެހޭ ވާހަކަ އެވެ. މި ސީރީޒްގެ ބައެއް މަންޒަރުތަކުން ބޮޑަށް ދައްކުވައިދެނީ ފިލްމު ކުޅެން ޝައުގުވެރިކަން ހުރި ބައެއްގެ ތެރޭގައި ހިނގާ ތަފާތު ކަންތައްތަކެކެވެ.
މީޑިއާނެޓް މަލްޓިސްކްރީނުން މި ސީރީޒުގެ 15 އެޕިސޯޑެއް ދެއްކުމަށް ހަމަޖެހިފައި ވާއިރު، އިތުރު އެޕިސޯޑްތަކެއް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ޔޫއްޕެ ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!