ޑާކްރެއިން އެންޓަޓެއިންމަންޓުން ތައްޔާރު ކުރާ ވެބް ސީރީޒް “ގިރިޓީ ލޯބި” މި އަހަރު ފަހުކޮޅު ބައިސްކޯފަށް އަންނާނެ ކަމަށް އެ ޕްރޮޑަކްސަނުން ބުނެފި އެވެ.
ވެބް ސީރީޒް “ގިރިޓީ ލޯބި“ގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުނީ އޮކްޓޫބަރު ހިސާބުގައި ސީރީޒްގެ ހުރިހައި މަސައްކަތެއް ނިންމާލައި ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ދައްކަން ފެށޭވަރު ވާނެ ކަމަށެވެ.
“ގިރިޓީ ލޯބި“ގެ މައިގަނޑު ތަރިންގެ ތެރޭގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ)ގެ އިތުރުން މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.
މިހާރުވެސް ސީރީޒްގެ ޝޫޓިން ކުރިއަށް ދާއިރު ޑާކްރެއިންގެ މުހައްމަދު އަލީ (މޮގާ) ބުނީ ޝޫޓިން ކުރިއަށް ދަނީ ބައިތަކަކަށް ބަހާލައިގެން ކަމަށާއި، މި ސީރީޒަށް އަދި އެހެން ކާސްޓުން ވެސް ވަރަށް އަވަހަށް ގުޅޭނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ތެރޭޭގައި އެ ކާސްޓުންގެ ތަފުސީލު މުނިއަވަސް އާ ހިއްސާކުރާނަން.” މޮގާ ފާހަގަކުރިއެވެ.
“ގިރިޓީ ލޯބި” ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ތަފާތު ސްޓައިލެއްގެ ސްކްރީންޕްލޭތަކެއް ގެނެސްދެމުން އަންނަ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.
ހެއްވާ މަޖާ ލޯބީގެ ޑްރާމާތަކާއި ފިލްމުތަކަށް ފަހަކަށް އައިސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިއީ ވެސް އެ ރަހަތައް ނިކަން ފުރިހަމައަށް ފެންނާނޭ ސީރީޒެއް ކަމަށް ޑާކްރެއިންއިން ބުނެ އެވެ.
“ގިރިޓީ ލޯބި” ވެބް ސީރީޒްގެ އެންމެ ފަހުގެ އަދާހަމަތައް މުނިއަވަސްއާ ހިއްސާކުރުމަށް މޮގާ ދިން ބަސްދީގަތުން ގެނެސްދޭނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!