މަޝްހޫރު ޕްރެޒެންޓަރ އާމިނަތު ނަމްޒާ ހުށައަޅައި ބައިސްކޯފުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ޝޯވ “ވިތު ލަވް”ގެ އެޕިސޯޑެއްގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް ބައިވެރިވެލައްވާފައި ވާކަމަށް ބައިސްކޯފުން ހާމަކޮށްފިއެވެ.
“ނަމްޒާ ހޯސްޓްކޮށް ބައިސްކޯފުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ޝޯވ ‘ވިތު ލަވް’ ގައި ބައިވެރިވެލެއްވީތީ ކުރީގެ ރައީސް އަލްއުސްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމަށް އަޅުގަނޑުމެންގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.” ބައިސްކޯފުން މިއަދު އާއްމުކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. ބައިސްކޯފު ސްޓޫޑިއޯ އަށް ރައީސް މަޢުމޫން ވަޑައިގެންނެވިކަމީ އެތަނަށް ލިބިގެންދިޔަ ޝަރަފެއް ކަމަށްވެސް ބައިސްކޯފުން ބުނެއެވެ.
“ވިތު ލަވް” ސީރީޒަކީ ރާއްޖޭގެ އެކިއެކި މަޝްހޫރު ފަރާތްތައް ހިމަނައިގެން އެމީހުންގެ ހަޔާތުގެ ލޯބީގެ ވާހަކަތައް ގެނެސްދިނުމަށް ތައްޔާރުކުރާ ޝޯވއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ އެކުވެރިކަން، ތިމާގެކަން އަދި ދެމަފިރިންގެ ދެމުގައި އުފެދިފައިވާ ލޯބި ފަދަ، ލޯބީގެ އެކިއެކި ވާހަކަތަކެއް ގެނެސްދޭނެ ޝޯވއެއްކަން ބައިސްކޯފުން އާއްމުކޮށްފައިވާ ޓްރެއިލާއިން އެނގިގެންދެއެވެ. މި ޓްރެއިލާއިން ރާއްޖޭގެ ތަފާތު ދާއިރާތަކަށް ނިސްބަތްވާ މަޝްހޫރު މޫނުތަކެއް ފެނިގެންދެއެވެ.
Love is the most pure human emotion;
Love is trusting each other;
Love is respecting each other;
Love is kinship;
Love is friendship;
Love is everlasting promises;
Love is a precious connection….Discover different stories of love.
With Love – coming soon to Baiskoafu. pic.twitter.com/1z43ulvSvU
— Baiskoafu (@baiskoafu) September 12, 2021
ނަމްޒާއަކީ މިފަދަ ރިއަލިޓީ ޓޯކް ޝޯވތައް ގެނެސްދިނުމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ޕްރެޒެންޓަރެއްކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!