ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ “ސާފް ޗެމްޕިއަންޝިޕް 2021″ގެ ކުލަގަދަ ފެށުމުގެ ރަސްމިއްޔާތުގައި މަޤްބޫލު ލަވަކިޔުންތެރިޔާ ޖޫނީ ޖިނާހް ހުށައަޅައިދިން ލަވައަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. މި ލަވައަށް މިހާ ބޮޑު ސަމާލުކަމެއް ލިބުނީ ޖޫނީގެ ހުނަރުވެރި އަދި އެހާމެ މޮޅު ހުށައެޅުމާއި އޭނާ ލައިގެން ހުރި އާދަޔާޚިލާފު ސަޅި ހެދުމުގެ ސަބަބުންް ކަމަށް ޤަބޫލުކުރަން ޖެހެއެވެ.
“އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ހުޅުވުމުގެ ރަސްމިއްޔާތުގައި ޖޫނީ ޖިނާހް ފެނިގެން ދިޔައީ ވަރަށް ދިވެހިވަންތަ ޒަމާނީ ހެދުމެއްގައެވެ. ޖާހާއި ހައިބަތު ރަމްޒުކޮށްދޭ، ޝާހީ އަދާތަކެއް ދައްކުވައިދޭ ދެ ހެދުމެއްގައެވެ. މިއީ ހެދުން ފަރުމާކުރުމުގައި ރާއްޖެއަށް ނަން މަޝްހޫރު ޖާދުﷲ އިސްމާޢީލް (ޖާދު)ގެ ހުނަރުވެރި މަސައްކަތްތަކެއް ފެނިގެންދިޔަ ހެދުންތަކެކެވެ.
“ސާފް ޗެމްޕިއަންޝިޕް 2021ގެ މި ތާރީޚީ މުނާސަބާގައި ބައިވެރިވެވުމަކީ ލިބުނު ބޮޑު ފަޚުރެއް. ޢާއިޝަތު ޖޫނީ ޖިނާހްގެ ސަޤާފީ ޒަމާނީ ހެދުން ފަރުމާކޮށްލަން އަހަންނަށް ލިބުން މިއީ ލިބުނު ބޮޑު ޝަރަފެއް.” ޖާދުގެ ފޭސްބްކްގައި ޖޫނީގެ ފޮޓޯތައް ހިއްސާކުރަމުން ބުނެފައިވެއެވެ.



މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ލިސްޓުގައި ފައިހަމަކޮށްލެވޭ ހިސާބުގައި ހުރި ޖޫނީ ޖިނާހް އަކީ ޖާދުގެ ރެގިއުލަރ ކަސްޓަމާއެކެވެ.
ޖޫނީގެ މި ހެދުންތައް ފަރުމާކުރަން ލިބުނު ގޮތާއި މިކަން ކުރުމުގައި ވިސްނުން ބެެހެއްޓިގޮތް މުނިއަވަސްއާ ޖާދު ވަނީ ހިއްސާކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟