މޭޓް ސްޓޫޑިއޯއިން އުފައްދާ ވެބް ސީރީޒް “ބީވުން”ގެ ޝޫޓިން މިމަހު 05ވަނަ ދުވަހު ފަށާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. މިއީ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާާރުކުރާ ސީރީޒެކެވެ.
ޑައިރެކްޝަންގައި ތަފާތު މަސައްކަތްތަކެއް އުފައްދަމުން އަންނަ ޢަލީ ރަޝީދު (ގޮޅާ) ޑައިރެކްޓްކުރާ “ބީވުން”ގެ ލީޑް ކުޅެނީ އިތުރު ތައާރަފެއް ބޭނުންނުވާ ހުނަރުވެރި އެކްޓްރެސް މަރްރިޔަމް ޝިފާ އާއި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ ޝާރިފް އެވެ. އިތުރު ތަރިންގެ ތެރޭގައި ޢަލީ ޝަމީލް، ފާޠިމަތު ލަޠީފާ، ޔޫޝަޢު، މަރްޔަމް ޙަލީމް، ސާނާ ހިމެނެއެވެ.
“ބީވުން”ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނީ ޢަލީ ރަޝީދުގެ އަންހެނުން އާމިނަތު ރިނާޒާއެވެ. ޑައިރެކްޝަންގެ އިތުރުން ކެމެރާ ކުރާނީ ޢަލީ ރަޝީދު އެވެ. ސްޓޫޑިއޯ މޭޓުން ގެނެސްދޭ މި ސީރީޒަކީ މުޙައްމަދު ފުއާދު (ފޯޑު) ޕްރޮޑިއުސްކުރާ ސީރީރީޒެކެވެ. މިއީ 13 އެޕިސޯޑްގެ ސީރީޒެކެވެ.
“ބީވުން” ވެބް ސީރީޒްގެ މަޢުލޫމާތު، ފުރަތަމަ ފަހަރަށް މީޑިއާއާ ހިއްސާކުރަމުން މުނިއަވަސް އަށް ޢަލީ ރަޝީދު (ގޮޅާ) ބުނެފައިވަނީ ކީކޭތޯ މިހިސާބުން ބަލައިލާނަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟