ރޭޕްކުރުން ނުވަތަ ގަދަކަމުން އިތްފަތްތެރިކަން ފޭރިގަންނަން އުޅޭ މީހުންގެ މުޑުދާރު ޢަމަލު ހުއްޓުވާ ފަދަ ދަށުންލާ އަންނައުނެއް އިންޑިއާގެ އިންޖިނޭރުން ތަކެއް ވަނީ 2013 ވަަނަ އަހަރު އީޖާދުކޮށްފަ އެވެ.
އިތްފަތް ފޭރިގަތުމަށް އުޅޭމީހާއަށް 3800 ކިލޯވޮޓްގެ ބާރުމިން ހުންނަ ކަރަންޓް ޝޮކް ފޮނުވާލާ އެންޓި-ރޭޕް އަންޑަރވެއަރ (ދަށުންލާ އަންނައުނު) އުފައްދާފައިވަނީ އިންޑިއާއަށް އުފަން އިންޖީނޭރިންގ ދާއިރާއިން އުނގެނެމުން އަންނަ ދަރިވަރުންގެ ޓީމަކުންނެވެ.
މި އަންނައުނުން އިތްފަތް ފޭރިގަންނަން އުޅޭ މީހާގެ މަސައްކަތް ނާކާމިޔާބު ކޮށްލުމަށްފަހު އޮޓަމެޓިކުން ފުލުހުންނަށް ނުވަތަ ޢާއިލާގެ މެންބަރަކަށް އެސްއެމްއެސް ފޮނުވާލައެވެ. މި އެސްއެމްއެސް ގައި އެމީހަކު ހުރި ސަރަޙައްދު ނުވަތަ ކުށުގެ ވެށި އަންގައިދޭ ޖީޕީއެސް ލޮކޭޓަރ ޑިވައިސް އެއްވެސް ހިމެނެއެވެ.
މި އަންނައުނުގައި ހަރުކޮށްފައިވާ ޕްރެޝަރ ސެންސަރސް (ފިއްތުމުގެ ބާރެއް ވުމުން އެކަން ދެނެގަންނަ އާލާތެއް) ހަރުކުރެވިފައިވެއެވެ. މި އާލާތުގެ ސަބަބުން އަންހެނާގެ އުރަމަތި ހުންނަ ސަރަޙައްދަށް ޕްރެޝަރެއް ވުމުން އެ ހިސާބަށް ލިބިގެންނުވާނެ ބާރެއް ލިބޭކަން ދަނެގަންނާނެއެވެ. އަދި މި އަންނައުނުން 82 ކަރަންޓް ޝޮކް ލިއްބައިދޭނެއެވެ. މިއީ އެފަދަ ކަމެއް ކުރަންއުޅޭ މީހާގެ އެ ޢަމަލު ހުއްޓުވުމަށް އެކަށޭނަ މިންވަރެއްގެ ކަރަންޓް ޝޮކެއް އުފައްދާ އަންނައުނެއް ކަމަށް މި އުފެއްދި ޓީމުން ބުނެއެވެ.
މި އަންނައުނު އުފެއްދުމުގައި އެހީތެރިވި އެއްފަރާތްކަމަށްވާ މަނީޝާ މޯހަން ޓައިމްސް އޮފް އިންޑިއާއަށް ބުނެފައިވަނީ: “ދަށުންލާ މި އަންނައުނުގައި ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމަކާއި (ޖީޕީއެސް)، މޯބައިލްފޯނު އޮޕަރޭޓް ކުރުމަށް މަސައްކަތްކުރާ ގްލޯބަލް ސިސްޓަމަކާއި ޕްރެޝަރ ސެންސަރުތަކެއް ހަރުކުރެވިފައި ވުމުން 3800 ކިލޯވޯޓް ގެ ކަރަންޓް ޝޮކެއް އުފެއްދުމުގެ އިތުރުން، ނުރައްކަލެއް އުޅޭކަމުގެ ސިގްނަލެއް ފުލުހުންނަށާއި ކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންދާނެ.”
“ގަދަކަމުން އިތްފަތް ފޭރިގަންނަން އުޅޭ މީހާ އެ ޢަމަލު ހިންގަން އުޅޭވަގުތު ޕްރެޝަރ ސެންސަރުތައް މަސައްކަތްކުރާން ފެށުމުން ލިބޭނެ އޭނާ ތަޖްރިބާކޮށްފައި ނުވާވަރުގެ ޝޮކެއް، އަދި މި އަންނައުނުގައި ހުންނަ ޖީޕީއެސް އާއި ޖީއެސްއެމް މޮޑިއުލް އިން ފޮނުވައިދޭނެ އިންޑިއާގެ އިމެޖެންސީ ނަންބަރަކަށް އެސްއެމްއެސް އެއް، ހަމަ އެހެންމެ ޝިކާރައަކަށް ވުމުގެ ބިރުވެރިކަމުގައި އޮންނަ އަންހެންކުއްޖާގެ މައިންބަފައިންނަށްވެސް މި އެސްއެމްއެސް ލިބޭނެ.”
މި އަންނައުނުގެ ތަފްޞީލްތައްވަނީ އިންޑިއާގެ ޓެކްނޮލޮޖީ ވެބްސައިޓްކަމަށްވާ ‘ޓެކްޕީޑިއާ’ ގައި ޢާއްމުކޮށްފައެވެ. މި ތަފްޞީލްތަކުގައި އުރަމަތި ހިމެނޭ ސަރަޙައްދަށްވާ ހިސާބުގައި މި އަންނައުނުގައި ހަރުކޮށްފައިވާ ކަރަންޓް ޝޮކް ފޮނުވާލާ ސަރކިޓް ބޯޑްގެ ފޮޓޯއެއްވެސް ހިމަނާފައި ވެއެވެ.
މަނީޝާ މޯހަން އިތުރަށް ބުނީ: “އަޅުގަނޑުމެން ކިޔަވަމުންދާ އަންހެންކުދިންގެ ސްކޫލުން އަބަދުވެސް ދަސްކޮށްދޭ އެންމެންނަށްވެސް ރަނގަޅަށް ކަމޭހިތުމަށާއި ހިނިތުންވެ ތިބުމަށް. އެކަމަކު އަޅުގަނޑުމެން އަސްލު ދުނިޔެއަށް، މި ނޭދެވޭ ކަންތައްތައް ހިނގާ ދުނިޔެއަށް ފިޔަވަޅު އެޅުމުން އެނގިއްޖެ އަޅުގަނޑުމެންގެ ހިނިތުންވުން މާގިނައިރު ދެމިނުހުރުމަކީ ހަމަ އެކަށީގެންވާ ކަމެއްކަން.”
“މީގެ އިތުންވެސް ފާހަގަކޮށްލެވޭ ކަމަކީ ޤާނޫނުތައް ހަދާމީހުންވެސް އެކަމަށް އެތައް ވަގުތެއް އެބަނަގާ، އެވަރުންވެސް އަންހެނުންނަށް ރައްކާތެރިކަމެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން މި އިސްނެގީ އަމިއްލަ ނަފުސުގެ ދިފާޢަށް މަސައްކަތްކުރާން. އެއީ ގެވެށިއަނިޔާ އާއި މުޖުތަމަޢު އާއި މަސައްކަތްކުރާ މާހައުލުންވިޔަސް ކުރިމަތިވާ ދުއްތުރާތަކުން.”
އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ވަރަށް މަތީ ދަރަޖައެއްގައި އޮތް ޤައުމެކެވެ. ވޭތިވެދިޔަ މަސްތަކަށް ބަލައިލިޔަސް މިކަން ފެންނާން އޮންނާނެއެވެ. އެހެންކަމުން އަންހެން ކުދިންތަކެއް އިސްނަގައިގެން އަންހެނުންނަށް ލިބޭ އަނިޔާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހަމަލައިން ދިފާޢުވުމަށް މިފަދަ އުފެއްދުމެއް އީޖާދުކުރި ކަމީ ފާހަގަކުރަން ޖެހޭވަރު ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!