ދިވެހިންގެ ތެރޭގައި މަޤުބޫލުވެގެން ދިޔަ އަމިއްލަ ރާގުގެ ގިނަ ލަތަކެއް ކިޔާފައިވާ މުހައްމަދު މާޖިދު (މެޒޯ މޯޑް)، މުުނިއަވަސް ކްލަބްހައުސް އިން ގެނެސްދޭ ވީއައިޕީ ޝޯވގައި މިމަހުގެ 10ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނެއެވެ.

ރޭގަނޑު 10:30ގައި ގެނެސްދޭ މެޒޯ މޯޑް ސްޕެޝަލް ވީއައިޕީ ޝޯވގައި މުޙައްމަދު މާޖިދު (މެޒޯ މޯޑު)ގެ ލަވަކިޔުމުގެ ހަޔާތާއި ގުޅުންހުރި ގިނަގުނަ ވާހަކަތަކެއް ގެނެސްދެވޭނެއެވެ.

‘އުޑުން ތަރިތައް، ވިސްނާ ވިސްނާ، އަކިރި ދެމޭ’ ފަދަ ހިތްގައިމު އަމިއްލަ ރާގުތަކެއް ގެނެސްދީފައިވާ މެޒޯ މޯޑަކީ އުމުރުގެ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން މިއުޒިކް ކުޅުމާ ލަވަކިޔަން ފަށާފައިވާ ފަންނާނެކެވެ.

އުމުރުން އެންމެ 13 ވަރަކަށް އަހަރުގައި މިއުޒީޝަނެއްގެ ގޮތުގައި މެޒޯ މޯޑް ވަނީ މިއުޒިކީ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައެވެ. މެޒޯ ބޭންޑްގެ ނަމުގައި އަމިއްލަ ބޭންޑެއް އުފެއްދެން ދެން މެޒޯ މޯޑު ހަރަކާތްތެރިވި ކޮންމެ ބޭންޑެއްގައިވެސް އުޅުނު އެންމެ ހަގު މެންބަރަކީ މެޒޯ މޯޑެވެ.

އުމުރުން 21 ވަރަކަށް އަހަރުގައި މެޒޯ މޯޑް މަސައްކަތްކުރީ ‘ޓުވެންޓިއަތު ސެންޗަަރީ ބީސީ’ ބޭންޑްގައެވެ. އެގޭ ކުރިން ‘ކުއިކް ސޭންޑް ބޭންޑް’ގައިވެސް މޯޑް މަސައްކަތްކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.