ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި ބޮލީވުޑް ބަތަލު ވިކީ ކޯޝާލްއާއި ބަތަލާ ކެޓްރީނާ ކެއިފްގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ.
ވިކީއާއި ކެޓްރީނާގެ ގުޅުން އެހާ ބަދަހިވީ ކަރަން ޖޯހަރްގެ “ކޮފީ ވިތު ކަރަން” ޝޯވގައި ދެމީހުން އެކަކު އަނެކަކާ ބެހޭގޮތުން ދެއްކި ވާހަކަތަކަށްފަހުއެވެ. އޭގެ ފަހުން ދެމީހުން އެކުގައި ވަރަށް ގިނަ ހަފުލާތަކުން ފެނުމާއި ވަރަށް ޒާތީ ޚާއްސަ ހަފުލާތަކުންވެސް ދެމީހުން އެކުގައި ފެންނާތީ އެ ދެމީހުން އެންގޭޖުވި ވާހަކަވެސް ފެތުރުނެވެ. މީގެ ދެ ދުވަސް ކުރިން ރިލީޒްކުރި ވިކީގެ “ސަރްދާރް އުދަމް”ގެ ޚާއްސަ ސްކްރީނިންގ ޝޯވއިންވެސް ކެޓްރީނާ ފެނުމާއެކު އަނެއްކާވެސް އެވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ.
އެ ދެމީހުން އެންގޭޖުވި ވާހަކަ އެތައް ދުވަހެއް ވަންދެން ދެއްކި ފަހުން ވިކީ މިވަނީ އެކަމާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފައެވެ. އޭނާ އެންގޭޖުވި ވާހަކައިގެ ޒިންމާ ނޫސްވެރިންގެ ބޮލުގައި އަޅުވަމުން އޭނާ ބުނެފައިވަނީ ރަނގަޅު ވަގުތު ޖެހުނުހާ އަވަހަކަށް އޭނާ އެންގޭޖު ކުރާނެ ކަމަށެވެ. އެކަމަކު އޭނާ އެންގޭޖު ކުރަނީ ކާކާ ކަމެއް ނުބުނެއެވެ.
ވިކީގެ އެންގޭޖުމަންޓާއި ގުޅޭގޮތުން އޭނާގެ ކޮއްކޮ ސަނީ ކޯޝާލްވެސް ވަނީ ވާހަކަދައްކާފައެވެ. އޭނާ ބުނެފައިވާ ގޮތުގައި އެވާހަކަ ގޭ މީހުންނަށް އެނގުނީ އެއްދުވަހަކު ހެނދުނު ވިކީ ޖިމްއަށް ދިޔަ ފަހުންނެވެ. އަދި ވިކީ އެނބުރި ގެއަށް އައުމުން އޭނާގެ މަންމައާއި ބައްޕަ ސަމާސާއަކަށް ހަދާފައި ކަލޭގެ އެންގޭޖް ކުރީ ނޫންހޭ ކާންދޭން ވާނެޔޭ ބުންޏެވެ. ހުވަފެނީ އެންގޭޖްމަންޓެއްގެ ކެއުމަކީވެސް ހުވަފެނެކޭ ވިކީ ބުނިކަމަށް ސަނީ ބުނެފައިވެއެވެ.
ވިކީއާއި ކެޓްރީނާގެ ގުޅުން އެ ދެމީހުން ރަސްމީކޮށް ހާމަނުކުރިޔަސް ޚަބަރުތައް ބުނާގޮތުން އެ ދެމީހުން އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”