އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް “ބްރެތު” ގެ 3 ވަނަ ސީޒަނަކަށް ތައްޔާރުވަމުން އަންނަކަމަށް އެމެޒޯން އޮރިޖިނަލްސްގެ ހެޑް އަޕަރްނާ ޕުރޯހިތު ބުނެފިއެވެ.

ކުރީގެ ދެ ސީޒަނަށް ލިބުނު ކާމިޔާބީއާއި ގުޅިގެން ތިންވަނަ ސީޒަނެއް ގެނެސްދޭން ނިންމިއިރު ވާހަކަ ފުޅާކޮށް، އާ ކެރެކްޓާތަކާއެކު ކުރީގެ ސީޒަންތަކަށްވުރެ ވަރުގަދަވާނެ ކަމަށްވެސް އަޕަރްނާ ބުނެފައިވެއެވެ.

އަބަންޑަންޓިއާ އެންޓަޓެއިންމެންޓުން އުފައްދައި  މަޔަންކް ޝަރްމާ ޑައިރެކްޓްކޮށް ގެނެސްދޭ މި ސައިކޮލޮޖިކަލް ތުރިލާގެ ފުރަތަމަ ސީޒަންގެ މައިގަނޑު ރޯލުތަކުން ފެނިގެން ދިޔައީ އާރް މަދަވަންއާއި އަމިތި ސާދުއެވެ. ދެވަނަ ސީޒަންގެ ލީޑުގައި ހަރަކާތްތެރިވީ އަބީޝެކް ބައްޗަންއާއި އަމިތު ސާދުގެ އިތުރުން ނިތިޔާ މެނަންއެވެ.

އަންނަ އަހަރު “ބްރެތު” ގެ ތިންވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާއިރު މި ސީޒަންވެސް ޑައިރެކްޓްކުރާނީ ކުރީގެ ދެ ސީޒަންވެސް ޑައިރެކްޓްކުރި މަޔަންކްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.