2012 ވަނަ އަހަރު “ވިކީ ޑޯނަރ” އިން ބޮލީވުޑަށް ނުކުތް އަޔުޝްމާން ކުރާނާގެ “އަނީކް” އަންނަ އަހަރުގެ މާރޗު 31 ގައި ރިލީޒްކުރަން ތާވަލުކޮށްފިއެވެ.

ފިލްމުގެ ބަތަލުގެ ނަން ފިޔަވައި ފިލްމުގެ އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައިނުވާ މި ފިލްމަކީ އަޔުޝްމާންގެ ފުރަތަމަ އެކްޝަން ތުރިލާއެވެ. ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭ “އަނީކް” އަކީ ބުޝަން ކުމާރްގެ ޓީ-ސީރީޒާއި އަނުބަވް ސިންހާގެ ބެނާރަސް މީޑިއާވާރކްސްއިން ގުޅިގެން އުފައްދާ ފިލްމެކެވެ.

“ތުމް ބިން”، “މުލްކް”، “އާޓިކަލް 15” އަދި “ތައްޕަޅު” ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނުބަވް ސިންހާ ލިޔެ، ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާއަކީ އަޔުޝްމާން އާއެކު އޭނާ ހަދާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2019 ގެ ކްރައިމް ޑްރާމާ “އާޓިކަލް 15” އެވެ.

ތަފާތު އަދި ކާމިޔާބު ފިލްމުތަކެއް ކުޅެމުން އަންނަ 37 އަހަރުގެ އަޔުޝްމާންގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމަކީ ޑިސެމްބަރު 10 ގައި ރިލީޒްކުރާ “ޗަންޑީގަޅް ކަރޭ އާޝިޤީ” އެވެ. އޭގެ އިތުރުން ރަކުލް ޕްރީތު ސިންގއާއެކު ފެނިގެންދާ ސޯޝަލް ޑްރާމާ “ޑޮކްޓަރ ޖީ” އާއި މިހާރު ޝޫޓިންގ ކުރިއަށްދާ “އެކްޝަން ހީރޯ” އަކީވެސް އަޔުޝްމާންގެ ކުރިއަށް ހުރި ޝައުޤުވެރި ފިލްމުތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.