ރަންބީރް ކަޕޫރްގެ ސުޕަހީރޯ ފިލްމު “ބްރައްމަސްތުރާ” ގެ އެންމެ ފަހު ޝޫޓިންގ ޝެޑިއުލް، އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާ ތެރޭގައި ފަށަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
2018 ގައި އިޢުލާނުކޮށް ޝޫޓިންގ ފެށި މި ސުޕަހީރޯ ފިލްމަކީ ތިން ބަޔަކަށް ހަދަން ނިންމާފައިވާ ޓްރިއޯލޮޖީއެކެވެ. 2018 ގެ މާރޗު މަހުން ފެށިގެން ބަލްގޭރިއާގައި ޝޫޓްކުރުމަށްފަހު ވަނަރާސީގައި ޝޫޓްކުރި މި ފިލްމު އެންމެ ފަހުން ޝޫޓްކޮށްފައިވަނީ މުމްބާއީގައި ސެޓެއް ތައްޔާރުކޮށްގެންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ޝޫޓްކުރުމަށް ހުރަސްތަކެއް ކުރިމަތިވުމުން އުންމީދުކުރި ވަރަށްވުރެ މާބޮޑަށް ޝޫޓިންގ ދިގުލައިގެން ދިޔަކަމަށް ޓީމުން ބުނެއެވެ.
ފަހު ޝޫޓިންގ ޝެޑިއުލްގައި ފިލްމަށް ވަރަށް މުހިންމު ބައެއް މަންޒަރުތަކާއި ބޮޑު ލަވައެއްވެސް ޝޫޓް ކުރާނެކަމަށް ޚަބަރުތައް ބުނެއެވެ. އެ ލަވައަކީ ވަރަށް ގިނަ މީހުން ހިމަނައިގެން ހަދާ ލަވައެއް ކަމަށްވެފައި ކުރިން ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައިވާތީ އެ ލަވަ ޝޫޓް ނުކުރެވި އޮތީކަމަށް ވެއެވެ.
ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ މި ސުޕަހީރޯ ފިލްމަކީ އެ ކުންފުނިން މިހާތަނަށް ހަދާ އެންމެ އަގުބޮޑު އެއް ފިލްމެވެ. ރަންބީރްގެ އިތުރުން އާލިއާ ބަޓްއާއި އަމީތާބް ބައްޗަން ލީޑު ރޯލު ކުޅޭ މި ފިލްމުގައި ދެކުނު އިންޑިއާގެ ބަތަލު ނަގަރްޖުނާ އާއި ޓީވީ ބަތަލާ މޯނީ ރޯއީވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާނެއެވެ.
އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއްގެ ރޯލުން ރަންބީރު ފެނިގެންދާ “ބްރައްމަސްތުރާ” އަކީ ރަންބީރާއެކު 2009 ގެ “ވޭކް އަޕް ސިޑް” އާއި 2013 ގެ “ޔޭ ޖަވާނީ ހޭ ދީވާނީ” ގެނެސްދިން އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”