މިވަގުތު ކްލަބްހައުސްގައި އެންމެ ތަރުތީބުކޮށް، ކޮލިޓީކޮށް، ޕޮޑްކާސްޓިންގ ސްޓައިލްގައި ހިތްގައިމު އަދި މޭވަވެތި ޕްރޮގްރާމު ތަކެއް ހުށައަޅަމުން އަންނަ މުުނިއަވަސް ކްލަބްހައުސް އިން އަނެއްކާވެސް ވަރުގަދަ ދެ ޝޯވ ގެނެސްދޭ ފަށައިފިއެވެ.

ލައިފް އެޑްވައިސް ވިތު ސުންދަރު“ އަދި ”މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު“ގެ ނަމުގައި ރޭ ގެނެސްދޭން ފެށި ޝޯވ ތަކަކީ ހަފުތާއަކު އެއް ރޭ ސިލްސިލާކޮށް ގެނެސްދޭން ތާވަލްކޮށްފައިވާ ޝޯވތަކެކެވެ.

ކްލަބްހައުސްގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސުންދަރު ޕިޔާރެލާލް އާއި މުނިއަވަސްގެ ދެ ޕްރެޒެންޓަރުން ކަމަށްވާ އަފާ އަދި އިވްރީ ގެނެސްދޭ ”ލައިފް އެޑްވައިސް ވިތު ސުންދަރު“ ޝޯވ ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 10:30 ގައެވެ. މުނިއަވަސްގެ ކްރިއޭޓިވް ޑައިރެކްޓަރ ޢީސާ ޝަރީފު އުފައްދައި، ޝިރާނީ އާއެކު ގެނެސްދޭ ”މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު“ގެ ފުރަތަމަ އެޕިސޯޑް ރޭ ގެނެސްދީފައި ވިޔަސް، މި ޝޯވ ގެނެސްދޭން މިހާރު ނިންމާފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ދަންވަރު 12:00 ގައެވެ.

ލައިފް އެޑްވައިސް ވިތު ސުންދަރު“ ޝޯވއަކީ ދިރިއުޅުމުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ޚިޔާލާ މަޝްވަރާ އާއި ނަސޭހަތް ބޭނުންވެފައިވާ ފަރާތްތަކަށް، މަޖާ މާހައުލެއްގައި ނަސޭހަތްތެރިވެދިނުމަށް ގެނެސްދޭ ޝޯވއެކެވެ.

ލައިފް އެޑްވައިސް ވިތު ސުންދަރު“ ޝޯވގައި ހެއްވާ މަޖާ ތަފާތު ސެގްމެންޓްތަކެއް ހިމެނޭނެކަމަށް ސުންދަރާއި އޭނާގެ ޓީމުން ބުނެއެވެ.

މި ޝޯވގައި ފާޅުކުރާ ޚިޔާލުތަކާ މަޝްވަރާތަކާއި ދެވޭ ނަސޭހަތްތައް ބިނާކޮށްފައިވަނީ މާބޮޑު ސީރިއަސްކަމެއް ނެތި، މުނިއަވަސްފިލުވައިދޭ ކޮންޓެންޓްތަކެއްގެ ސިފައިގައެވެ. އެހެންކަމުން ”ލައިފް އެޑްވައިސް ވިތު ސުންދަރު”ގައި ފާޅުކުރާ މި ދެންނެވިފަދަ ވާހަަކަތައް ސީރީއަސްކޮށް ނުނެންގެވުމަކީ ޝޯވގެ ޕްރޮޑަކްޝަން ޓީމާއި މުނިއަވަސްގެ އެދުމެވެ.

މީވެސް ތަފާތު ވާހަކައެއް – ޢީސައާ އެކު“ ޝޯވގައި ފަސްލެވި ވަޅުޖެހިފައިވާ ވާހަކަތަކުގެ ތެރެއިން ސިއްރުން ފުރިގެންވާ ވާހަކަތަކެއް ގެނެސްދޭން ނިންމާފައިވެއެވެ. މީގެ އިތުރުންް ކޮންމެ އެޕިސޯޑެއް އަޑުއައްސަވަން ތިއްބަވާ އޯޑިއަންސްގެ ފަރާތުން، މިފަދަ ވާހަކަތައް ބިނާކުރުމަށް ބޭނުންކުރެވިދާނެ ކޮންސެޕްޓް ނުވަތަ ޚިޔާލުތައް ހޯދުންވެސް މި ޕްރޮގްރާމުގައި ކުރިއަށްދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.