ރަވީނާ ޓަންޑަންއަކީ 90 ގެ އަހަރުތަކުގައި އިންޑިއާއިން އެންމެ ބޮޑަށް ވިދައިލި ބަތަލާއިންގެ ތެރެއިން އެކަކެވެ. 2004 ވަނަ އަހަރު ކުރެވުނު ކައިވެންޏަށްފަހު ވަރަށް މަދުން ފިލްމުތަކުން ފެންނަ ރަވީނާއަކީ 90 ގެ އަހަރުތަކުގައި ނުކުތް ކާމިޔާބު އެތައް ފިލްމެއްގެ ބަތަލާއެވެ.
ރަވީނާގެ 47 ވަނަ އުފަންދުވަސް މިއަދު ފާހަގަކުރާއިރު އޭނާގެ ކުރިއަށް އޮތް ފިލްމު “ކޭ.އެފް.ޖީ: ޗެޕްޓަރ 2” ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ރަވީނާއަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފިއެވެ.
ރަވީނާ އިންޑިއާގެ ޕްރައިމް މިނިސްޓަރު ރައިމާ ސެންގެ ރޯލު ކުޅޭއިރު، ރަވީނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ފިލްމުގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ޕްރަޝާންތު ބުނެފައިވަނީ ރަވީނާ އެ ރޯލު ކުޅުނު ގޮތަށް އެއްވެސް މީހަކަށް އެ ރޯލެއް ނުކުޅެވޭނެ ކަމަށެވެ. އަދި ރަވީނާއަކީ އޭނާ އެކުގައި މަސައްކަތްކުރި އެންމެ މަޖާ އެންމެ ބިރުވެރި ޕްރައިމް މިނިސްޓަރު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކުރިން އޭނާގެ ރޯލާއި ބެހޭގޮތުން ރަވީނާ ބުނެފައިވާ ގޮތުގައި މިއީ އޭނާ ފެންނާނެ އެންމެ ތަފާތު އެއް ރޯލުގެ އިތުރުން “ކޭ.އެފް.ޖީ” ގެ ޓީމާއެކު މަސައްކަތް ކޮށްލަން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ. އަދި އެ ރޯލުގައި ވަރަށް ސަސްޕެންސް އެކުލެވޭނެ ކަމަށާއި މިއީ ވަރަށް ޝައުޤުވެރި އަދި މަޖާ ރޯލެއް ކަމަށްވެސް ރަވީނާ ބުނެފައިވެއެވެ.
ޔަޝްއާއި ސްރިނިދީ ލީޑް ކުޅެ ރަވީނާއާއި ސަންޖޭ ދަތު އަދި ޕްރަކާޝް ރާޖް މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާ “ކޭ.އެފް.ޖީ: ޗެޕްޓަރ 2” އަކީ 2018 ގައި ޕްރަޝާންތު ޑައިރެކްޓްކޮށް ގެނެސްދިން “ކޭ.އެފް.ޖީ: ޗެޕްޓަރ 1” ގެ ސީކުއެލްއެވެ.
100 ކްރޯޑްގެ ބަޖެޓަކުން އުފައްދާ “ކޭ.އެފް.ޖީ: ޗެޕްޓަރ 2” ކަންނާޑާ ބަހުގެ އިތުރުން ހިންދީ، ތެލުގޫ، ތަމަޅަ އަދި މަލަޔާލަމް ބަހުން އަންނަ އަހަރުގެ އޭޕްރިލް 14 ގައި ސިނަމާތަކުގައި ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ.
ރަވީނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ދިލްވާލޭ” އާއި “މޮހްރާ” އާއި “ލާޑްލާ” އާއި އޭނާއަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު “ދާމަން: އަ ވިކްޓިމް އޮފް މެރިޓަލް ވަޔޮލަންސް” އާއި 2017 ގެ ފިލްމު “މާތުރް” ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”