ފިލްމު “މަސާން” އިން ބެލުންތެރިންގެ ސަމާލުކަން އަތުލި ބޮލީވުޑް ބަތަލު ވިކީ ކޯޝާލް ލީޑް ރޯލު ކުޅޭ “ސަމް ބަހާދުރް” ގެ ޝޫޓިންގ އަންނަ އަހަރަށް ފަސްކޮށްފިއެވެ.
ޚަބަރުތައް ބުނާގޮތުގައި “ސަމް ބަހާދުރް” ގެ ޝޫޓިންގ އަންނަ އަހަރަށް ފަސްކޮށްފައި މިވަނީ ފިލްމުގެ ބައެއް ތައްޔާރީތަކަށް އަދި އިތުރު ވަގުތު ބޭނުންވާތީއެވެ. އޭގެ އިތުރުން އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ ނިމޭ ހިސާބުގައި އޮންނަ ވިކީއާއި ކެޓްރީނާގެ ކައިވެންޏަކީވެސް ޝޫޓިންގ ފަސްކުރި ސަބަބެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ވިކީއާއި ކެޓްރީނާ ކައިވެނީގެ އެއްވެސް ކަމެއް ހާމަކޮށްފައިނުވާއިރު ދާދިފަހުން ވިކީ ވަނީ ރަނގަޅު ވަގުތު ޖެހުމުން ކައިވެނިކުރާނެ ކަމަށާއި އެކަން ހާމަކުރާނެ ކަމަށްވެސް ބުނެފައެވެ. އެ ދެމީހުން އެކަން ކަށަވަރުކޮށް ނުދިން ނަމަވެސް ޕިންކްވިލާއިން ވަނީ އަންނަ ޑިސެމްބަރު މަހުގެ 7-9 އަށް ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ކަންކަން ކުރިއަށް ދާނެކަން ކަށަވަރުކޮށްދީފައެވެ. އަދި އެ ދެމީހުން ކައިވެނި ކުރަނީ ރާޖަސްތާނުން 30 މިނެޓުން ދަތުރު ކުރެވޭހާ ކައިރީގައި އޮންނަ ސިކްސް ސެންސަސް ފޯރޓް ބަރްވާރާ ރިޒޯޓުގައި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އާމީ އޮފިސަރު ސަމް މާނެކްޝޯވގެ ޙަޔާތުގެ މައްޗަށް އުފައްދާ މި ބަޔޮގްރަފިކަލް ޑްރާމާއަކީ ވިކީއާއި އާލިއާ ބަޓް ލީޑް ރޯލު ކުޅުނު 2018 ގެ ފިލްމު “ރާޒީ” ގެނެސްދިން މެގްނާ ގުލްޒާރް ޑައިރެކްޓްކުރާ ފިލްމެކެވެ.
“ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް” އިން އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑްވެސް ހޯދާފައިވާ ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިފައިވާ “ދަ ގްރޭޓް އިންޑިއަން ފެމިލީ” އާއި “މރ. ލޭލޭ” އާއި އަދި މަސައްކަތް ނުފަށާ “ތަޚްތު” ގެ އިތުރުން “ދި އިމޯޓަލް އަޝްވަތަމާ” އާއި “ޝުބް އާރަމްބް” ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”