– “ގިރިޓީ ލޯބި” ރިލީޒްކުރުން މި މަހު 20 ގައި، ޓްރެއިލާ ރިލީޒްކުރުން މިރޭ 00:00ގައި
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ވެބް ސީރީޒް “ގިރިޓީ ލޯބި” ބައިސްކޯފުން ދައްކަން ފަށާނީ މި ނޮވެމްބަރު މަހު 20ގައި ކަން ހާމަކޮށްފިއެވެ. މި ކޮމެޑީ ސީރީޒްގެ ޓްރެއިލާއެއް މިރޭ 00:00ގައި ރިލީޒްކުރާނެ ކަމަށްވެސް ޑާކް ރެއިން އިން ހާމަކޮށްފައިވެއެވެ.
މިއީ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާނެ ސީރީޒެކެވެ.
އިތުރަށް ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި މުޙައްމަދު މަނިކު، އަޙްމަދު ސަޢީދު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުން މުޅިން އާ މޫނު ތަކެއް ވެސް މި ސީރީޒުން ފެންނާނެއެވެ.
20 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ ”ގިރިޓީ ލޯބި“ ވެބް ސީރީޒަކީ ޢާއިޝަތު ފުއާދު ތައުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، ޢަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަހްމަދު ޒަރީރުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!