ބާސެލޯނާ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކުލަބުގެ ލެޖެންޑް ޑެނީ އަލްވޭސް އެނބުރި އެކުލަބާ ގުޅުމަށް ނިންމައިފިއެވެ.
ބާސެލޯނާގެ އާ ކޯޗުކަމާއި ހަވާލުވި ޒަވީ ހެނާންޑޭޒް އެ ކުލަބުގެ ކަންކަން އިސްލާހުކުރުމަށް ހިންގާ މަސައްކަތްތަކުގެ ދަށުން ބްރެޒިލްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ތަޖުރިބާކާރު ކުޅުންތެރިޔާ އެނބުރި ބާސެލޯނާއާއި ގުޅުނުކަން އެ ކުލަބުން ހާމަކޮށްފައިވާއިރު މިއީ ޒަވީ ޓީމާއި ހަވާލުވިފަހުން އެ ކުލަބާއި ގުޅުނު ފުރަތަމަ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ.
ޒަވީ އާއި އަލްވޭސް އަކީ ބާސެލޯނާގެ ރަން ދުވަސްވަރުގައި އެކުގައި ކުޅެފައި ތިބި ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ މެދުގައި ރަނގަޅު ގުޅުމެއް ކުރިންސުރެއްވެސް އޮވެއެވެ. އަލްވޭސް ބާސެލޯނާގައި ކުޅެފައިވަނީ 2008 ވަނަ އަހަރުން 2016 ގެ ނިޔަލަށެވެ. އޭގެފަހުން އޭނާ ދެން ގުޅުނީ ބްރެޒިލްގެ ސައޮ ޕޯލޯއަށް ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިކަން ހާމަކުރުމުގެ ގޮތުން ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްވޭސް އެޓީމާ ގުޅުނީ އަންނަ ޖެނުއަރީ މަހުން ފެށިގެން 6 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެންމެ އަވަހަށް ދެން އޮންނަ ބާސެލޯނާގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަލްވޭސް ބާސެލޯނާއާއި އެންމެ ފުރަތަމަ ގުޅުނީ 2008 ވަނަ އަހަރު ސެވިއްޔާ ދޫކޮށްލުމަށްފަހު އެވެ. އޭނާ ވަނީ ބާސެލޯނާގައި އެންމެ ފުރަތަމަ ހޭދަކުރި މުއްދަތުގައި ހަ ފަހަރަށް ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގަކާއި ޔުއެފާ ސުޕަ ކަޕު އަދި ކުލަބު ވޯލްޑްކަޕް ތިން ފަހަރު ހޯދައިދީފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި