ޕްރެޝަރަށް ވެއްޓިފައިވާ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް އޮލޭ ގުނާ ސޯލްޝެއާ މަގާމުން ވަކި ކުރުމަށް ޔުނައިޓެޑުގެ ބޯޑުގެ ކުއްލި ބައްދަލުވުމަކުން ނިންމައިފިކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ގިނަ އިރުތަކަކަށް ދެމިގެން ދިޔަ ބޯޑު ބައްދަލުވުން ބޭއްވީ ވަޓްފޯޑް އަތުން 4-1 އިން ރޭ ޔުނައިޓެޑް ބަލިވުމުންނެވެ. އޭއެފްޕީން ބުނިގޮތުގައި ޔުނައިޓެޑްގެ ކޯ އޯނަރު ޖޮއެލް ގްލޭޒާ ވަނީ ސޯލްޝެއާ ވަކިކުރަން ބޯޑުން ފާސްކުރި ނިންމުމަށް ތާއިދުކޮށްފައެވެ.
ރޭގެ މެޗަށް ފަހު ސޯލްޝެއާ ބުނީ އޭނާގެ ވަޒީފާ ގެއްލިދާނެތީ ކަންބޮޑު ނުވާ ކަމަށެވެ. އޭނާ ބުނިގޮތުގައި ކަންބޮޑު ވަނީ ޓީމުގެ ކުޅުން ދަށް ވެފައިވުމުންނެވެ. ޔުނައިޓެޑްގެ ކޯޗްކަމާ ސޯލްޝެއާ ހަވާލުވީ ޑިސެމްބަރު 2018 ގައި ވަގުތީ ކޯޗެއްގެ ގޮތުންނެވެ. އެއީ އޭރު އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމުންނެވެ. މާޗް 2019 ގައި އޭނާ ވަނީ ޔުނައިޓެޑާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ޔުނައިޓެޑްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލު ކުރަނީ އެސިސްޓެންޓް ކޯޗު މައިކަލް ކެރިކް ނުވަތަ ޓެކްނިކަލް ޑައިރެކްޓަރު ޑަރެން ފްލެޗާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ސީޒަންގެ މެދުތެރެއިން ދާއިމީ ކޯޗަކު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޔުނައިޓެޑުގެ ކޯޗުގެ މަގާމަށް އެކި ކޯޗުންނާ ގުޅުވައި ދަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި ލެސްޓާ ސިޓީގެ ކޯޗް ބްރެންޑެން ރޮޖާސް، އަޔެކްސްގެ ކޯޗް އެރިކް ޓެންހެގް، ލައިޕްޒިގްގެ ކުރީގެ ކޯޗް ރާލްފް ރަންގްނިކް އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިިދާން ހިމެނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި