މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ނައިބު ރައީސް މަހްރާން މުހަންމަދު މާޖިދު 01 ނޮވެމްބަރު 2021 ގައި މަޤާމުން އިސްތިއުފާދީފިއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އުފެއްދުމުގައި މުއައްސިސެއްގެ ހައިސިއްޔަތުން މަހްރާން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ. އަދި ޔޫނިއަން ކުރިއެރުވުމަށްޓަކައި ގިނަ ގުނަ ޚިދުމަތްތަކެއް މަހްރާން ކޮށށްދީފައި ވާކަމަށް އެމްޔޫއެމް އިން ބުނެއެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް އަށް މަހްރާން ކޮއްދެއްވާފައިވާ އެންމެހާ ކަމަކަށް ޔޫނިއަންގެ ނަމުގައި ޝުކުރު އަދާކުރާކަމަށް އެ ޔޫނިއަން އިން ނެރެފައިވާ މީޑިއާ ބްރީފިންއެއްގައި ބުނެފައިވެއެވެ.

ނައިބު ރައީސް ކަމުން މަހްރާން އިސްތިއުފާ ދިނުމާއިއެކު ހުސްވި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން، ޔޫނިއަންގެ އީ-މެއިލް އެޑްސް ([email protected]) އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ހުސްވި މަގާމުގެ އިންތިޚާބު، އެންމެ އަވަހަށް ބޭއްވޭ އަހަރީ އާންމު ޖަލްސާގައި ކުރިއަށް ގެންދެވޭނެކަމަށް ޔޫނިއަންއިން އުންމީދުކުރާ ކަމަށްވެސް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.