މިއީ މެކްސިކޯގެ ޑޮކްޓަރެއް ކަމަށްވާ ފްރާންސިސްކޯ ވެލަސްކޯ، އޭނާގެ ކޮންމެ ދުވަހެއްގެ ހޮސްޕިޓަލް ޑިއުޓީއާއި ކޮވިޑް ވޯޑުގައި މަސައްކަތްކުރުމުގައި ދިމާވާ ދަތި އުނދަގޫތައް ވަރަށް ތަފުސީލުކޮށް ލިޔެ، ދަބަސް އުފައްދާ ކުންފުންޏަކަށް ލިޔުނު ސިޓީއަކުން ފެށުނު ބޭނުންތެރި އުފެއްދުމެއްގެ ވާހަކައެވެ.

“މިއީ އާދައިގެ ދަބަހެއްގެ ވާހައެއް ނޫން އިނގޭތޯ!” ދަބަސް އުފައްދާ ކުންފުންޏެއް ކަމަށްވާ ރިއުޓްސް ބޭގްގެ ވެރިޔާ ސާރާ ގިބްލީން ބުންޏެވެ.

“މިއީ ގިނައިރު ވަޒީފާގެ މާހައުލުގައި ނިކުމެ އުޅޭ މީހުންނަށް، އަދި ވަކީން ޚާއްޞަކޮށް މި ކޮވިޑްގެ ދުވަސްވަރު ބޭނުންކުރުމަށް ވަރަށްވެސް ރައްކާތެރި، ބޭނުންތެރި ދަބަހެއް.” އިިތުރު ތަފުސީލަށް ޖެހިލަމުން ސާރާ ހާމަކުރިއެވެ.

ކޮވިޑްގެ އާލަމީ ވަބާ ފެށުމާއެކު މީހުންނަށް އެކިއެކި ތަންތަނަށް ރައްކާތެރިކަމާއެކު ދަތުރުފަތުރުކޮށް، ގޮސްއައިސް ހެދުން ވެގެންދިޔައީ ދަތި އުނދަގޫކަމަކަށެވެ. ގެންގުޅޭ ސާމާނު އަވަސްއަވަހަށް ސްޓެރެލައިޒްކުރުމާއި ދޮވުން ވެގެން ދިޔައީ ޚަރަދުބޮޑު، އުނދަގޫ ކަމަކަށެވެ. އާއްމުގޮތެއްގައި ސާމާނުތައް އަޅައި އުޅޭ ދަބަސް، ބެކްޕެކް، ލެޕްޓޮޕް ދަބަސް އަދި އަތްދަބަސް ހަލާކުވާ ފަހަރު އަންނަނީ ގިނަވަމުންނެވެ. މި ހުރިހައި ކަމެއް ދިރާސާކޮށް ޑރ. ވެލަސްކޯ ދިން ޚިޔާލެއްގެ މައްޗަށް ރިއުޓްސް ބޭގްގެ ފަރާތުން ވަނީ ޚާއްޞަކޮށް ކޮވިޑް-އީރާ ޕްރޮޑަކްޓް ލައިންގެ ނަމުގައި ދަބަހެއް އުފައްދާފައެވެ.

ސާެރާ ގިބްލިން

މި ދަބަހަކީ ނުވަތަ ބެކް ޕެކަކީ ފަސޭހައިން ދޮވެލެވޭނެ އަދި ވަރަށް ވަރުގަދަ މެޓީރިއަލްއެއް ކަމަށްވާ ޓާރޕައުލިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދަބަހެކެވެ. ޢާއްމުގޮތެއްގައި މިި މެޓީރިއަލް އަކީ ލޮރީތަކުގައި ބޭނުންކުރާ އެއްޗެކެވެ.

މި ދަބަސް ފަރުމާކޮށްފައިވަނީ މާސްކް، ސެނިޓައިޒަރ އަދި އެހެނިހެން ސާމާނުތައްވެސް ފަސޭހައިން ގެންގުޅެވޭނެ ގޮތަކަށް ކަން ވެސް ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރްޔަމް އިވްރީޝާ ޝަފީޤް
މުނިއަވަސް ކްލަބްހައުސްގެ ޕްރޮގްރާމް ހޯސްޓެއްގެ އިތުރުން އިވްރީޝާއަކީ މުނިއަވަސްގެ ޚަބަރުލިޔުންތެރިއެކެވެ. ޚަބަރުކިޔުންތެރިއެކެވެ.