ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ‘އެ ސީރީޒް’ގެ ނަމުގައި ގެނެސްދޭ ވެބް ސީރީޒްގެ ދެވަނަ ސެގްމެންޓް “ބައްދަލު”ގެ ޝޫޓިންގ ފަށައިފި އެވެ.
“ބައްދަލު”ގެ ޝޫޓިންގ އާބެހޭގޮތުން މާބޮޑު ތަފްސީލެއް ހާމަކުރަން ޕްރޮޑަކްޝަން ޓީމުން ބޭނުންނުވިޔަސް، އެފަރާތުން ބުނީ މި ވެބް ސީރީޒުން ވެސް ބެލުންތެރިންނަށް ކަމުދާނެ އުފެއްދުމެއް ފެންނާނެ ކަމަށެވެ.
“އަޅުގަނޑުމެން މި ހަދަނީ ކުރު ފިލްމުތަކެއް. ކޮންމެ ފިލްމަކީ ވެސް ތަފާތު ސްޓޯރީއެއް. އަދި ކޮންމެ ފިލްމެއްގައި ވެސް މިދާއިރާއަށް އަލަށް ތަޢާރަފްކުރާ ފަންނާނުން ފެންނާނެ.” ޝައި ޕްރޮޑަކްޝަންގެ ފަރާތުން ޝަފީގު ވިދާޅުވި އެވެ.
“ބައްދަލު”ގައި ހަރަކާތްތެރިވަނީ ކޮން ތަރިންނެއްކަމެއް ހާމައެއް ނުކުރިނަމަވެސް މީޑިއާއަށް ހިއްސާކޮށްފައިވާ ފޮޓޯތަކުން ހުނަރުވެރި ތަރި އަހްމަދު އީސަ (އާނަންދު) ފެނެއެެވެ. މި ސެގްމެންޓްގައި އާނަންދު އުޅޭކަމުގެ ޔަޤީންކަން ޝަފީޤްވެސް ދީފައިވެއެވެ.
“ބައްދަލު” މި ފިލްމަކީ “ފޯން ކޯލް”ގެ ނަމުގައި ޕޯސްޓަރ ނެރެފައިވާ ފިލްމެވެ. މި ފިލްމު ޑައިރެކްޓު ކުރަނީ ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އެވެ.
އެ ސީރީޒްގެ ފުރަތަމަ ސެގްމެންޓްގައި ގެނެސްދޭ ވެބް ސީރީޒް “ބޭބީ”ގެ ޓީޒަރ ދައްކާލާފައިވާ އިރު، “ބޭބީ”ގެ މުހިންމު ރޯލުތަކުން ފެންނަ ފަންނާނުންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖިމީ) އާއި ފިލްމީ ދާއިރާއަށް އަލަށް ތައާރަފުކުރާ އިބްރާހިމް ޔައީޝް އާއި އައިމިނަތު ޝުހާ ހިމެނެ އެވެ. އަދި މުހައްމަދު އަފްރާހު ވެސް ހިމެނެ އެވެ.
އެ ސީރީޒްގައި ގެނެސްދިނުމަށް ނިންމާފައިވަނީ ފޯން ކޯލް (ބައްދަލު)، އާޓިސްޓް، ސާރވަންޓް، ލިފްޓް، ޝެޑޯ، ބެސްޓް ފްރެންޑް އަދި ބެލް އެވެ.
މި ވެބް ސީރީޒް ދައްކާނެ ޕްލެޓްފޯމެއް އަދި ތާރީޚެއް ނިންމާފައެއް ނުވެއެެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
