ގައުމީ ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރްސީ) އިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި ކްލަބް ގްރީން ސްްޓްރީޓްސް އިން އުފުލާލައިފިއެވެ.
ކޭވައިއާރްސީން ޗެމްޕިއަންކަން ހޯދީ ކްލަބް މެޓްރިކްސްގެ މައްޗަށް ފައިނަލުގައި ކުރިހޯދައިގެންނެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗު ފޯރިގަދަ ކުުޅުމަކަށް ފަހު ނިމުނީ، ކޭވައިއާރްސީ 30-27 އިން މެޓްރިކްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީ އަށް ކުޅޭ މުހައްމަދު އަރާޝް އައްސަދެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކޭވައިއާރްސީގެ ހުސެއިން ސަވީލް އެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކޭވައިއާރްސީގެ ސަވީލް، އަރާޝް، ހުސެއިން ހަލީމް، އަހުމަދު ހުޝާމްގެ އިތުރުން މެޓްރިކްސްގެ އިސްމާއިލް ފަރުހާން، އިބްރާހިމް އިޔާޒް އަދި އަހުމަދު އަފްޝަން ރަޝާދެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ގްރީން ސްޓްރީޓްސް އިން ނުކުތީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ކޭވައިއާރްސީއާ ދެކޮޅަށެވެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ޝަރަފްވެރިކޮށްދެއްވި ރޭގެ ފައިނަލް މެޗުގައި ކޭވައިއާރްސީއާ ބައްދަލުކޮށް ގްރީން ސްޓްރީޓްސް މޮޅުވީ 52-32 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ގްރީން ސްޓްރީޓްސްގެ އައިޝަތު ނާޒިމާއެވެ.
އަންހެން ޑިވިޝަނުގައި ވާދަކުރީ ގްރީން އާއި ކޭވައިއާރްސީގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބް ޝައިނިން ސްޓާއެެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ގްރީންގެ އައިމިނަތު ރީމް ޝާމް، ދިސަނަޔަކޭ، މަރިޔަމް ޝިނާއަތު، ޝައިނިންސްޓާ ޓީމުގެ އައިމިނަތު އައިނީ އާއި އައިޝަތު ޒީކް ޝިޔާމް އަދި ކޭވައިއާރްސީގެ އީމާ އަބްދުލް ސައްތާރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި