އޭޝިއަން ޔޫތު ޕެރަ ގޭމްސް 2021 ގައި ބައިވެރިވުމަށްފަހު އެނބުރި އައުމުން އީޝަލްއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބަހުރައިންގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި އޭނާ ވަނީ ބަންގުލަދޭޝްގެ މައްޗަށް ކުރި ހޯދާ މި މުބާރާތުގައި ތާރީޚުގެ ތެރެއަށް ވަދެފައެވެ. މިއީ ޕެރަ ބެޑްމިންޓަންގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ހޯދުނު މޮޅެވެ. އީޝަލް މި މެޗު ކާމިޔާބުކުރީ ބަންގުލަދޭޝްގެ ޝޮރްމީ މޮޒުމްދާރާ ދެކޮޅަށް ކުޅެ، ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެެވެ. މި މެޗުގެ ސެޓުތައް އީޝަލް ގެންދިޔައީ 18-21 އަދި 13-21 އިންނެވެ.

އަންހެން ސިންގަލްސް އެސް އެޗް ހައެއްގެ އިވެންޓުގައި އީޝަލް ވަނީ ޖުމުލަ ފަސް މެޗު ކުޅެފައެވެ. ކުޅުނު ހުރިހާ މެޗުތަކުން ވެސް އީޝަލް ވަނީ ހިތްވަރުގަދަ މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖެއިން ޕެރަ ގޭމްސްއަށް ދިޔަ އެންމެ ހަގު އެތުލީޓަށް އީޝަލް ވާއިރު، ރާއްޖޭގެ އަންހެން ޕެރަ އެތުލީޓަކު ބައިނަލްއަގުވާމީ މައިދާނުގައި ބެޑްމިންޓަން އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރަކީ މިއީ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.