ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓް މުޙައްމަދު ނަބީލް ނިޔާޒް (ޓޯއީ) ކައިވެނި ކޮށްފިއެވެ. ޓޯއީ ކައިވެނި ކައިވެނިކުރީ މިމަހު 12 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ރެޕްގެ ދިވެހި ލަޝްކަރަށް އުފަންވެގެން، ދިވެހިންގެ ގިނަ ބަޔެއްގެ ހިތްތައް ”ހައިހައި“ ކިޔަމުން ދިވެހިންގެ ހިތްތައް އަތުލި ޓޯއީ ކައިވެނިކުރީ އއ. މަތިވެރިއަށް ނިސްބަތްވާ ކުއްޖަކާއެވެ. އޭނާ ކައިވެނި ކޮށްފައިވާ ކަން ސިމްބޮލިކް ރިކޯޑްސް އިން ވަނީ ހާމަ ކޮށްފައެވެ.

ހދ. ނޭކުރެންދޫ އަށް އުފަން ޓޯއީ އަކީ ސިމްބޮލިކް ރިކޯޑްސްގެ އާޓިސްޓެއްގެ އިތުރުން ވީޑިއޯ ޕްރޮޑަކްޝަންގެ ހެޑެވެ.

ޓޯއީ ކިޔާފައިވާ ރެޕްތަކުގެ ޅެންތަކަކީ ހިތުގައި ”ވާނަން އުމުރަށް“ ބުނެލެވޭ ވަރުގެ ފެންވަރުގެ ގޮތުން ރަނގަޅު ޅެންތަކެކެވެ. އެހެންކަމުން ޓޯއީ އަކީ ރެޕްގެ ދާއިރާއަށް ”ޓްރޫ އާރޓިސްޓް“ އެކޭ ބުނެވޭ ފަދަ ހުނަރުވެރި އާޓިސްޓެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.