މަޝްހޫރު ނެށުންތެރިޔާ އަދި ފެހުންތެރިޔާ ޖާދުﷲ އިސްމާޢީލް އަކީ ފެންވަރު ރަނގަޅު ތަފާތު ވީޑިއޯ ލަވަތަކެއް އުފައްދައި ނެރުމުގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ޖާދުގެ ކޮންމެ ލަވައެއްގެ ޖާދޫގައި ޖެހޭފަދަ ކޮންމެވެސް ޚާއްޞަކަމެއް އަންނަނީ ހިމަނަމުންނެވެ.
01 ޖެނުއަރީ 2022ގެ މުނާސަބު ތާރީޚުގައި ޖާދުގެ “ތިޔަ ސޫރަ” ލަވައިގެ ޖާދޫގައި ބެލުންތެރިން ޖެއްސުމަށް ޖާދު އާއި ޝަރާ ތިބީ ތައްޔާރަށެވެ. ތުރުކީވިލާތުގެ ހިތްގައިމު މަންޒަރުތަކާއި އެކުގައެވެ.
ޖާދުގެ އައު ވީޑިއޯ ލަވަ “ތިޔަ ސޫރަ” ނެރެން 10 ވަރަކަށް ދުވަހަށް ވެފައިވާއިރު، މިހާރު މިއޮތީ އެ ލަވައިގެ ޓްރެއިލާރއެއް ނެރެފައެވެ.
މި ލަވައިގެ އަޑުގެވެރިންނަކީ، މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން، ނުހަނު ޒުވާން އުމުރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޢާއިޝަތު ޖޫނީ ޖިނާހެވެ.
ޖާދުﷲ އިސްމާޢީލް އާއި އެކުގައި މި ލަވައިން ފެނިގެންދަނީ “އެހެނަސް” ވެބް ސީރީޒުން ފިލްމީ ދާއިރާއަށް ނުކުތް ހިތްގައިމު ބަޠަލާ ފާޠިމަތު ޝަރާ އެވެ.
“ތިޔަ ސޫރަ” ލަވައިގެ ޓެކްނިކަލް މަސައްކަތްތަކުގެ އިތުރު ތަފުޞީލަށް ޖެހިލާއިރު، މިއީ ‘ވޭރިއަސް އާރޓްސް ސްޓޫޑިއޯ’ގެ އުފެއްދުމެކެވެ. ލަވައިގެ ޅެމާއި ރާގު ހެދީ ތޭރަ އެވެ. މިއުޒިކް ހެދީ ޙުސައިން ތަޢުފީޤެވެ. ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ ޙުސައިން އާދަމެވެ.
ތުރުކީވިލާތުގެ ހިތްގައިމު މާހައުލުގައި ޖާދު އަދި ޝަރާގެ އުލްފަތުގެ ގުލްޝަނުން ދައްކާ ހިތްގައިމު މަންޒަރުތަކުގެ ޖާދޫގައާއި ތޭރަ އަދި ޖޫނީގެ އަޑުގެ ޖާދޫގައި ޖެހެން ތައްޔާރަށް ތިބޭށެވެ. އެކެއް ޖެނުއަރީ ދެހާސް ބާވީހަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!