މަޝްހޫރު ނެށުންތެރިޔާ އަދި ފެހުންތެރިޔާ ޖާދުﷲ އިސްމާޢީލް ޕްރޮޑިއުސްކޮށް މިއަންނަ އަހަރު ޖެނުއަރީ މަހު 01ގައި ނެރުމަށް ތައްޔާރުވެފައިވާ ވީޑިއޯ ލަވައިގެ ޓްރެއިލާރ އަށް އެންމެ ދުވަހެއްގެ ތެރޭގައި 10 ހާހަށްވުރެން ގިނަ ވިއުޒް ލިބިއްޖެއެވެ. ޖާދު އާއި ފާޠިމަތު ޝަރާ ފެނިގެންދާނެ މި ލަވަ ޝޫޓްކޮށްފައިވަނީ ތުރުކީވިލާތުގެ ހިތްގައިމު ލޮކޭޝަންތަކުގައެވެ.

“ތިޔަ ސޫރަ” ލަވައިން ތުރުކީގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާއިރު، ޖާދު އާއި ޝެރާގެ ފެނިލުންތައްވެސް ވެގެންދާނީ އެހާމެ ހިތްގައިމު ފެނިލުންތަކަކަށް ކަން ދޫކޮށްލާފައިވާ ޓްރެއިލާރ އިން ދައްކައެވެ.

މި ލަވައިގެ އަޑުގެވެރިންނަކީ، މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން، ނުހަނު ޒުވާން އުމުރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ޢާއިޝަތު ޖޫނީ ޖިނާހެވެ. މި ލަވަ ކިޔައިލެވުމުން ނުހަނު ބޮޑަށް ހިތްހަމެ ޖެހިފައި ހުރި ތޭރަ މުނިއަވަސް ޝޯއެއްގައ ބުނީ ޖޫނީ އާއި އެކުގައި ލަވައެއް ކިޔައިލުން މިއީ އޭނާ ދެކެން ބޭނުންވި ދުވަހެއް ކަމަށާ މި ދުވަސް އައުމުން ވަރަށް އުފާވާ ކަމަށެވެ.

”އެހެނަސް“ ވެބް ސީރީޒުން ފިލްމީ ދާއިރާއަށް ނުކުތް ހިތްގައިމު ބަޠަލާ ފާޠިމަތު ޝަރާއަށް މި ދާއިރާއަށް ނުކުތުމަށް އަތުގައި ހިފި ފުރަތަމަ ފަރާތަކީވެސް ޖާދު ކަން ފާހަގަކޮށްލެވެއެވެ.

”ތިޔަ ސޫރަ“ ލަވައިގެ ޓެކްނިކަލް މަސައްކަތްތަކުގެ އިތުރު ތަފުޞީލަށް ޖެހިލާއިރު، މިއީ ’ވޭރިއަސް އާރޓްސް ސްޓޫޑިއޯ’ގެ އުފެއްދުމެކެވެ. ލަވައިގެ ޅެމާއި ރާގު ހެދީ ތޭރަ އެވެ. މިއުޒިކް ހެދީ ޙުސައިން ތަޢުފީޤެވެ. ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ ޙުސައިން އާދަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.