ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ޕޯޗުގަލް އަށް ނިސްބަތްވާ ސިމާއޯ ކޮސްޓާ ހަމަޖައްސައިފިއެވެ.
އުމުރުން 46 އަހަރުގެ ކޮސްޓާ އަކީ ކުރިން ޕޯޗުގަލްގެ އެކި ކުލަބުތަކުގައި މިޑްފީލްޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭގެ ފަހުން ދެކުނު ކޮރެއާ އަދި، ސްވިޓްޒަލެންޑުގައި ކޯޗިންގެ މަސައްކަތް ކޮށްފައިވެއެވެ.
ކޮސްޓާއަށް އެންމެ ފުރަތަމަ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ހުށަހަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ގައުމީ ކޯޗުގެ މަގާމަށް އިޓަލީގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ހަމަޖެއްސުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރިއިރުއެވެ. އެކަމަކު އޭރު ސީޒަނުގެ މެދުތެރެއިން އޭނާ ކޯޗުކަން ކޮށްދެމުން އައި ބެރޯޝް-ގޯޖިއާ ދޫކޮށްލަން ބޭނުން ނުވާތީ ކޮސްޓާ އެ ހުށަހެޅުން ބަލައިގެންފައެއް ނުވެއެވެ. އެއަށްފަހު އޭނާ ރާއްޖޭގެ ގައުމީ ޓީމުގެ ވަޒީފާއާ ހަވާލުވީ ބެރޯޝް-ގޯޖިއާއަށް ސީޒަން ނިމުމުންނެވެ.
އަންގާރަ ދުވަހު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ކޮސްޓާ ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ފުރުސަތު ހޯދައިދޭން މަސައްކަތްކޮށްދިން އެންމެނަށް ޝުކުރުއަދާކޮށްފައެވެ.
އެފްއޭއެމުން މައުލޫމާތުދޭ ގޮތުން މޮރިއޭރޯގެ އެސިސްޓަންޓެއްގެ ގޮތުގައި ކޮސްޓާ ހަމަޖައްސައި، އެއްބަސްވުން ފައިނަލްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ކޮސްޓާގެ އިތުރުން މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭނުވެސް އެ މަގާމުގައި ދެމި ހުންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި