މަޝްހޫރު ބޮލީވުޑް އެކްޓަރު ޖާވިދު ޖަފްރީގެ ދޮށީ ފިރިހެން ދަރިފުޅު މީޒާން ޖަފްރީ ތިންވަނަ ފިލްމަކަށް ސޮއިކޮށްފިއެވެ.
ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް ގެނެސްދިން 2019 ގެ ރޮމޭންޓިކް ފިލްމު “މަލާލް” އިން ބޮލީވުޑަށް ނުކުތް މީޒާން ސޮއިކުރީ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސަންޖޭ ގުޕްތާގެ ފިލްމު ކުންފުނި ވައިޓް ފެދާ ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމަކަށެވެ.
ފިލްމުގެ ލީޑުން ފެނިގެންދާނީ މީޒާންގެ އިތުރުން މޯނީ ރޯއީ އާއި ހަރްޝްވަރްދަން ރާނޭ ކަމަށް ޚަބަރުތައް ބުނާއިރު، އަދި ނަން ހާމަނުކުރާ މި ފިލްމަކީ ސްޕޯޓްސް ޑްރާމާއެއް ކަމަށް ވެއެވެ. ފިލްމުގެ ޝޫޓިންގ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށަން ތައްޔާރުވަމުން އަންނައިރު، މީޒާން އާއި ހަރްޝް ވެސް ފެނިގެންދާނީ ފުޓްބޯޅަ ކުޅުންތެރިންގެ ރޯލުން ކަމަށް ވެއެވެ.
އުންމީދީ އެކްޓަރު މީޒާން އާ ފިލްމަކަށް ސޮއި ކުރިއިރު، އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ ޖޫން މަހު ރިލީޒްކުރި ޝިލްޕާ ޝެޓީގެ “ހަންގާމާ 2” އިންނެވެ.
މީޒާންގެ މި ފިލްމު ޑައިރެކްޓް ކުރާނީ މިދިޔަ މާރޗު މަހު ޖޯން އަބްރަހަމް އާއި އިމްރާން ހާޝިމީގެ ގޭންގްސްޓާ ފިލްމު “މުމްބާއީ ސާގާ” ގެނެސްދިން ސަންޖޭ ގުޕްތާއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”