މަޝްހޫރު ނަމުން ނަމަ މިއީ ބީވާޓަން އެވެ. އަސްލު ނަމަކީ އެލިޒަބަތު އެންޑަސަން-ސިއެރާ އެވެ. އުމުރުން 29 އަހަރުގެ ބީވާޓަންއަކީ އެމެރިކާގެ އޮރެގަން ގެ ރަށްވެއްސެކެވެ. ބީވާޓަންގެ ނަމުން އެލިޒަބަރު މަޝްހޫރުވެފައިވަނީ މިނިކިރަށް (މައިމީހާގެ ގާތުންދޭ ކިރަށް) ބޭނުންޖެހިފައިތިބޭ ޢާއިލާތަކަށް ހިލޭސާބަހަށް މިނިކިރު ފޯރުކޮށްދެމުން އަންނަ މީހެއްގެ ގޮތުގައެވެ.
ބީވާޓަން އަކީ ވަރަށް އާދަޔާޚިލާފް ސިންޑްރޯމްއެއް ޖެހިފައިވާ ދެކުދިންގެ މަންމަ އެކެވެ. ‘ހައިޕަރލެކްޓޭޝަން ސިންޑްރޯމް’ގެ ސަބަބުން އޭނާގެ ހަށިގަނޑުން ދުވާލެއްގެ މައްޗަށް 1.75 ގެލަނުގެ މިނިކިރު އުފައްދަ އެވެ. ބީވާޓަންގެ ގޭގެ އައިސްއަލަމާރީގައި 5000 އައުންސްގެ ކިރު ރައްކާކޮށްފައި ހުރެއެވެ.
ބީވާޓަން އަށް ފުރަތަމަ ދަރިފުޅު ލިބުމަށްފަހު މި އާދަޔާޚިލާފް ސިންޑްރޯމް އޭނާއަށް ޖެހިފައިވާކަން އެނގުނު އިރުންފެށިގެން އޭނާ އަންނަނީ މީހުންނަށް މިނިކިރު ހަދިޔާކުރަމުންނެވެ. އޭނާގެ 10 މަހަށްދާ އެންމެ ހަގު ދަރިފުޅު ދުވާލެއްގެ މައްޗަށް 20 – 28 ފަހަރާއި ދެމެދުގެ މިންވަރަކަށް ކިރު ބޮއެވެ. އެއީ ބީވާޓަންގެ ހަށިގަނޑުން އުފައްދާ މިންވަރުގެ ވަރަށް ކުޑަމިންވަރެކެވެ.
ބީވާޓަން ފޭސްބްކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފުރަތަމަ އަންހެން ދަރިފުޅު ލިބުމަށްފަހު އޭނާގެ ހަށިގަނޑުން އެހާ ގިނަ މިންވަރަކަށް ކިރު އުފެދެންފެށީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ. އަދި އެވަރަށް ކިރު އުފެދޭކަން އެނގުމުން މިނިކިރު ހަދިޔާކުރާ ބޭންކަކަށް ކިރު ހަދިޔާކުރަން ނިންމައި އެކަން ފެށީ ކަމަށެވެ.
“… މަށަށް ގައިމުވެސް އެނގޭ ކަމަކީ މިއީ އަހަރެން ކުރަން ބޭޏުންވާ ކަމެއްކަން. އަހަރެންގެ ލޭގެ ގްރޫޕަކީ ވަރަށް ތަދު ލޭގެ ގްރޫޕެއްކަމުން ލޭ ހަދިޔާކުރަމުން އަންނަތާވެސް އެތަކެއް އަހަރެއް ވެއްޖެ. އެހެންވީމަ އަހަރެންގެ ދަރިންނަށް ގާތުން ދެމުންވެސް ކޮންމެވެސް އެއްޗެއް ހަދިޔާކުރަން ބޭނުންވޭ. ދަރިފުޅު ލިބުނުތާ ހަފުތާއެއް ފަހުން ޕަންޕުޖަހައިގެން ކިރު ނަގަން ފެށިން ….“
– ބީވާޓަން
ވޭތިވެދިޔަ ތިން އަހަރު ބީވާޓަން ވަނީ 700 ގެލަނަށްވުރެން ގިނަ މިންވަރެއްގެ މިނިކިރު ހަދިޔާކޮށްފަ އެވެ. މިއީ އެންމެގިނައިން މިނިކިރު އުފައްދާ މީހާގެ ދުނިޔޭގެ ރެކޯޑްގެ ދެގުނައަށްވުރެން ވެސް ގިނަ މިންވަރެކެވެ. ބީވާޓަން މިކަން ސިފަކުރަނީ ލޯތްބަށްޓަކައި ކޮށްދެވޭ މަތިވެރި މަސައްކަތެއްގެ ގޮތުގައެވެ.
އިންސާނުން އުފެއްދެވުމުގައި ބައެއް އިންސާނުންނަށް ތަފާތު ސިންޑްރޯމްތަކާއި ބަލިތައް ލައްވަވާފައި ވެއެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިއީ އިންސާނުން އިމްތިހާނު ކުރެއްވުމަށްޓަކައި މިންވަރުކުރައްވަވާ ކަންކަމެވެ. އެލިޒަބަތު އެންޑަސަން-ސިއެރާ އަށް ކުރިމަތިވެފައިވާ ސިންޑްރޯމްއަކީ ނިޢުމަތެއް ފަދަ ސިންޑްރޯމް އެކެވެ. އެ ނިޢުމަތުގެ ބޭނުން އޭނާ ހިފަމުން އެގެންދަނީ ހަމަގައިމުވެސް އިންސާނިއްޔަތަށް ފައިދާއެއް ހުރި ގޮތަށެވެ. އަދި އެވެސް ހިލޭސާބަހަށް ދޭ ޚިދުމަތެއްގެ ގޮތުގައެވެ.
ނަމަވެސް މިއީ އެއްކިރު ބުއިމުގެ ސަބަބުން ކައިވެނީގެ ގުޅުން ހެޔޮނުވާ މީހަކާ އޭނާގެ ދަރިއަކަށް ކައިވެނިކުރެވުމަށް މަގުފަހިވެދާނެ ކަމެއް ކަމަށްވާތީ މިއީ އިސްލާމް ދީނުގެ ހަމަތަކުން ބަލާއިރު، ސުވާލު އުފެދޭ ކަމެއްކަން ފާހަގަކޮށްލަމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 22 ސެޕްޓެމްބަރ 2023ޚަބަރުދުވާލެއްގެ މައްޗަށް 08 ލީޓަރުގެ މިނިކިރު އުފެދޭ މީހެއްގެ ވީޑިއޯ!!
- 17 ސެޕްޓެމްބަރ 2023އިޖްތިމާޢީލޯންޑްރީ ޓްރިކްސް : ހުދު ފޭރާން އިތުރަށް ހުދުކޮށް ބެހެއްޓުމަށް ތިން އުކުޅެއް!
- 29 އޭޕްރިލް 2021ރެސިޕީއަނބު މޮހީޓޯ – މުނިއަވަސް ރަހަފަތް
- 18 ނޮވެމްބަރ 2019ޚަބަރުސޮނާލިކާ އަކީ ކޮމޯލިކާ ކަން ޕްރޭނާއަށް ފަޅާއަރަނީ
ސުވާލު އުފެދެންޔާ އިލުމުވެރިން ކާރީގަ އަހާނީ…އާރޓިކަލް ފުރިހަމަ ވާނީ އޭރުން