މަޝްހޫރު ފެހުންތެރިޔާ އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާޢީލާއި އެހެނަސް ސީރީޒުން ވިދާލި ހިތްގައިމު އެކްޓްރެސް ފާޠިމަތު ޝަރާގެ އައު އަހަރުގެ ހަދިޔާ “ތިޔަ ސޫރަ” ރިލީޒްކުރިތާ ދެ ދުވަސް ނުވަނީސް އެ ލަވަ ބެލި މީހުންގެ އަދަދު 26ހާހާއި ގާތަށް އަރައިފިއެވެ.
ވޭރިއަސް އާޓްސް ސްޓޫޑިއޯއިން ޕޯސްޕްރޮޑަކްޝަން ހަދާފައިވާ މިލަވަ ޝަރާގެ ޔޫޓިއުބް ޗެނަލުގައި އާއްމުކުރީ 01 ޖެނުއަރީ 2022ގައެވެ. މި ލަވަ މި އާޓިކަލް ލިޔަން ފެށި ވަގުތާއި ހަމައަށް 25,823 މީހުން ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.
ތުރުކީގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ “ތިޔަ ސޫރަ” އަކީ ޖާދު ޕްރޮޑިއުސްކޮށް އަމިއްލަ ކޮސްޓިއުމް ވެސް ތައްޔާރުކޮށްފައިވާ ލަވައެކެވެ. މި ލަވައިގެ ޅެމާއި ރާގު ހަދައި ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން، ނުހަނު ޒުވާން އުމުރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އާއިޝަތު ޖޫނީ ޖިނާހެވެ.
ތޭރަގެ ހިތްގައިމު ރާގަށް، އެހާމެ ފުރިހަމަ އަށް މިއުޒިކް ހެދީ ޙުސައިން ތަޢުފީޤެވެ. ލަވައިގެ ވީޑިއޯ ޑައިރެކްޝަން ހެދީ މަޝްހޫރު މޭކަޕް އާޓިސްޓް ޙަސަން އާދަމެވެ. ސިނަމޮޓޮގްރަފީ ހެދީ ވިޝާލް ޢާމިރު އަޙްމަދެވެ.
ގިނަ ލޮކޭޝަންތަކެއް ފެނިގެންދާ މި ލަވައިގެ ޝޫޓިން ނެގުމުގައި ކިތަކެއް ލޮކޭޝަން ބޭނުންކުރެވުނުތޯ ޖާދު ގާތުގައި އަހައިލުމުން ބުނީ އެހެން ބުނަންވެސް ނޭނގޭ ކަމަށާ ލަވަ ނެގުމަށް ވަރަށް ބުރަކޮށް ‘ތެޅިބޭލީ’ ކަމަށެވެ. އޭގެ އިތުރުން އެދުވަސްކޮޅު އެމީހުން ތިބި ސަރަހައްދަށް ތޫފާނެއް އައުމުން މޫސުމް ވަރަށް ގޯސްވިކަމަށްވެސް މުނިއަވަސް އަށް ޖާދު ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!