ކަޒްމިކް އިންޓަނޭޝަނަލް އިން އުފައްދައި ގެނެސްދޭ ކްރައިމް ތުރިލާ ވެބް ސީރީޒް ”ދަރަކަ“ގެ މެއިން ޕޯސްޓަރާ ކެރެކްޓަރ ޕޯސްޓަރުތައް މިރޭ އާއްމުކޮށްފިއެވެ.
އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށްފައިވާ 08 އެޕިސޯޑްގެ ސީރީޒް “ދަރަކަ”ގެ ޝޫޓިން އެއްކޮށް ނިންމާލާފައި އޮންނަތާ ދުވަސްކޮޅެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
“ދަރަކަ” ސީރީޒްގެ މައިގަނޑު ކާސްޓުންގެ ޕޯސްޓަރުތައް އާއްމުކުރަމުން މިރޭ އަޒްހާން ބުނީ މި ހުނަރުވެރި އެކްޓަރުުންނާ އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިއްޖެ ކަމަށެވެ. އާއްމުކޮށްފައިވާ ޕޯސްޓަރުތަކުން ވާޝިޔާ، އިފްނާޒް އަދި “ގަމިނި” ސީރީޒުން އޯޑިއަންސް ހަައިރާންކޮށްލި ސޫޒަން އިބްރާހިމްފުޅު ހިމެނެއެވެ.
Got to work with these talented artists. @SusanIbrahim @a_Ifnaz @Schiyaa
Dharaka, coming soon…
A production of @KazmikInt Produced by @ilyaswaheed @aachym pic.twitter.com/qGnjzbisBf— Azhan Ibrahim (@AzhanEbrahem) January 3, 2022
މީގެ ދުވަސްކޮޅެއް ކުރިން އާއްމުކޮށްފައިވާ “ދަރަކަ”ގެ ޓީޒާރ ޓްރެއިލާރ އިން އިބްރާހީމް ޖިހާދު (ޖިމީ)، އިފްނާޒް ފިރާޤް، ވާޝިޔާ، ޢާއިޝަތު ޢަލީ، ދޮނާ، އަފްރާހް،ގެ އިތުރުން ވަރަށް ފާހަގަކޮށްލެވޭ ރޯލަކުން ސޫޒަން ފެނިގެންދެއެވެ. ވެބް ސީރީޒް ”ގަމިނި“ އިން ބެލުންތެރިން ހަައިރާންކޮށްލި ސޫޒަން މި ސީރީޒްގައި ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ރޯލުންކަން ޓީޒާރ އިން ފެންނަ މަޖިލިސް ތަޅުމުގެ މަންޒަރަކުން އެނގިގެންދެއެވެ. ސޫޒަން އަކީ މިހާރު ފިލްމީ މަސައްކަތްތަކުން ފެންނަން ފަށާފައިވިޔަސް ވަރުގަދަ ސިޔާސީ ހަރަކާތްތެރިއެކެވެ. އެހެންކަމުން މި ސީރީޒްގައި ސޫޒަންގެ ރޯލު ވަރަށް ފުރިހަމައަށް ދައްކާލާނެ ކަމަށް ޤަބޫލުކުރެވެއެވެ.
“ދަރަކަ”ގެ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ އާއި އިލްޔާސް ވަހީދު (އިއްލެ) އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން އާ ހުނަރުވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އުފެއްދި ކަޒްމިކް އިންޓަނޭޝަނަލްއިން މީގެ ކުރިން ވަނީ އައި ފިލްމްސްއާއި ގުޅިގެން ”މަޒްލޫމް“ ގެ ނަމުގައި އެންތޮލޮޖީ ސީރީޒެއްވެސް ގެނެސްދީފައެވެ. އެ ސީރީޒްގެ 3 ބައި ގެނެސްދީފައިވާއިރު، އެއިންވެސް ވަނީ އާ ފަންނާނުންތަކެއް ތަޢާރަފުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!