ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއިލަށް އޭޝިޔާގެ ފެޝަން އަދި ލައިފްސްޓައިލް ފޭސް އެވޯޑާއެކު އިތުރު 03 އެވޯޑް ލިބިއްޖެއެވެ.
ރުލާ އެވޯޑުން ދެމުންގެންދާ އޭޝިއާ އެވޯޑްސްގެ ޝަރަފުވެރި އެވޯޑްތަކުން ޖާދުއަށް ލިބިފައިވަނީ އޭޝިއާސް ފެޝަން އެންޑް ލައިފްސްޓައިލް ފޭސް އެވޯޑް، އޭޝިއާސް މޯސްޓް އެޑްމަޔަރޑް ޕާރސަނަލިޓީ އެވޯޑް، އޭޝިއާސް އައުޓްސްޓޭންޑިންގ އެޗީވަރ އެވޯޑް، އޭޝިއާސް ޔަންގް ފެޝަން މޭކަރ އެވޯޑްގެ އިތުރުން އޭޝިއާސް އެކްސެލެންސް އެވޯޑް އިން ފެޝަން އިންޑަސްޓްރީ އެވޯޑް ހާސިލްކޮށްފައި ވެއެވެ.
“ވަރަށް ޅަ އުމުރުގަ އަޅުގަނޑަށް ފާހަގަކުރެވިއްޖެ އަހަަރެންގެ އުފަން ރަށުން ލިބެން ހުރި ފުރުޞަތުތަކަށް ވުރެން ގިނަ ކަންތައްތަކުގެ ނަސީބު އަހަންނަށް ލިބެން އޮތްކަން. މާތްﷲގެ ރަހުމަތާއެކު، އަޅުގަނޑު ކުރި މިންނެތް ބުރަ މަސައްކަތާއި ހިތްވަރުން އަޅުގަނޑަށް ސާބިތުކުރެއްވިޖެ ކޮންމެ ރަށަކަށް އުފަންވިޔަސް، އެމީހެއްގެ ހުވަފެންތައް ކާމިޔާބުކުރެވޭނެ ކަން. އޭޝިއާ ސަރަހައްދުގެ މި ޝަރަފުވެރި އެވޯޑްތައް ލިބުން މިއީ އޭގެ ހެއްކެއް.” އެވޯޑްތައް ލިބުމުން ޖާދުﷲ ބުނެފައިވެއެވެ.
ގދ. ތިނަދުއަށް އުފަން ޖާދުﷲ އިސްމާޢީލްގެ ދައްތަމެންނަކީ ފެހުމަށް ޝައުޤުހުންނާތީ އެ މަސައްކަތްކުރަމުން އަންނަ ބައެކެވެ. އެމީހުންގެ މަސައްކަތްތައް ފެނުމާއި ޖާދުގެ އެ ޝަޢުޤުވެރިކަން ހުންނާތީ އަމިއްލައަށް ޑިޒައިން ކުރުމުގެ ޝަޢުޤުވެރިކަން އުފެެދުނެވެ. ނަމަވެސް މިފަދަ މަސައްކަތެއް ރަށްފުށުގައި ފިރިހެން ކުއްޖަކު ކޮށް އުޅުމަކީ އެހާބޮޑަށް ބަލައިނުގަންނާނެ ކަމެއްކަން ޖާދުއަށް ވިސްނުނު ނަމަވެސް، އޭނާގެ އަމާޒަށް ވާޞިލްވުމަށް މަސައްކަތް ފެށިއެވެ.
1996ން ފެށިގެން ފެޝަން ޑިޒައިނިންގެ މަސައްކަތުގައި ޖާދު މިއަދު އެހުރީ ސާބިތުވެއެވެ. އެގޮތުން މި ދާއިރާގައި މަސައްކަތްކުރާތާ 25 އަހަރު ފުރުނީ މިދިޔަ އަހަރުއެވެ.
“އަޅުގަނޑު ޤަބޫލުކުރަނީ “ޖާދު”ގެ މި ބްރޭންޑް މިހާ ކާމިޔާބުކަމާއެކު މިހާ ދުވަސްވާންދެން ދެމެހެއްޓުނީ ކަސްޓަމުން އަޅުގަނޑު ބަލައިގަނެ އަޅުގަނޑުގެ ޑިޒައިންތައް ޤަބޫލުކޮށްފައިވާތީ.” ޖާދު ފާހަގަކުރިއެވެ. ޖާދުގެ މި މަސައްކަތް ފެށީ ގާތް ރައްޓެހިންނާ ތިމާގެ މީހުންނަށް އަދި ޚުދު ޖާދުއަށް ބޭނުންވާ ހެދުންތައް ފަރުމާކުރުމަށް ނަމަވެސް ބައިނަލްއަޤްވާމީ ތަރިންނަށްވެސް ޖާދު ވަނީ ހެދުން ފަރުމާކޮށްދީފައެވެ.
“މި ދާއިރާގައި އަޅުގަނޑަށް ލިބުނު އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގަ 1999 ވަނަ އަހަރު ބެސްޓް ފެޝަން ޑިޒައިނަރ އެވޯޑް ވަނީ ޤައުމީ ފެންވަރުގަ ލިބިފަ. ރައީސް ދެއްވާ އެވޯޑްވެސް ފެޝަން ޑިޒައިނިން އިން 2011 ވަނަ އަހަރު ލިބިފަވޭ. 2013 ވަނަ އަހަރު ‘ނޭޝަނަލް ޔޫތު އެވޯޑް އިން ފެޝަން ޑިޒައިނިންގ’ އިން ލިބިފަވޭ. ޖާދުގެ ޑިޒައިންތައް ދައްކައިލުމަށް 2015 ވަނަ އަހަރު “ބްރީޒް”ގެ ނަމުގަ ފެޝަން ޝޯއެއް ބޭއްވިން. އެއީ ވަކިން މަސައްކަތްކުރާ ޑިޒައިނަރެއް ރާއްޖޭގަ ބޭއްވި މިފަދަ ފުރަތަމަ ޝޯވ. އެއީ ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް ފެޝަން ޝޯވ. އެ ޝޯވގަ 44 މޮޑެލްސް 145 ޑިޒައިންގެ ހެދުންތައް ބޮޑު އޯޑިއަންސަކަށް ދައްކާލާފަވޭ.” ޖާދުއަށް ލިބިފައިވާ ކާމިޔާބީތައް ހިއްސާކުރަމުން ފާހަގަކުރިއެވެ.
“މިސް ޔުނިވަރސް ސްރީލަންކާއަށް ހެދުން ފަރުމާކުރުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ލިބި އެ މަސައްކަތް ކޮށް، 2007 ވަނަ އަހަރު ބެސްޓް ފެޝަން ޑިޒައިނަރ އެވޯޑް ލިބުނު. މީގެ އިތުރުން 2009 ވަނަ އަހަރު މާލޭގައި ބޭއްވި ‘ފެޝަން އަންލިމިޓެޑް ފެޝަން ޝޯވ’ގަ ކެޝުއަލް އަދި ޕާޓީ ވެއަރ ޑިޒައިންތަކަށް އަޅުގަނޑަށް އެއްވަނަ ވެސް ލިބުނު. މީގެ އިތުރުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދާއިރާއިންް މީހުން ބިނާކުރުމަށް ވޯރކްޝޮޕްތައްވެސް ހިންގިން.”
ފެޝަން ޑިޒައިންކުރުމުގެ އިތުރުން ކޮރިއޮގްރަފީ މަސައްކަތުގައިވެސް ޖާދު ސާބިތުވެ ހުންނަތާ މިހާރު މިވަނީ 20 އަހަރަށް ވުރެން ދިގު މުއްދަތެއް ހޭދަކޮށްފައެވެ. ދިވެހި ސިފައިންގެ ޚިދުމަތުގައިވެސް ޖާދު މަސައްކަތްކޮށްފައިވެއެވެ. ކޮރިއޮގްރަފީގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މިހައިތަނަށް ޖާދުވަނީ 40 ލަވައިގެ ކޮރިއޯ ހަދާފައެވެ. އެތަކެއް ފިލްމާާއި ޑްރާމާ ތަކުގައި ކޮރިއޮގްރަފީގެ އިތުރުން އެކްޓިންގައިވެސް މަސައްކަތްކޮށްފައިވެއެވެ. ބޭރުގެ އެތަކެއް ޤައުމެއްގައި ރާއްޖެ ތަމްސީލުކުރުމަށް ޖާދުގެ އެކިއެކި ފަންނުތަކުގައި ހަރަކާތްތެރިވެފައިވެއެވެ.
ޖާދު ކޮށްފައިވާ މަސައްކަތްތަކުގަ އިތުރު ތަފުޞީލުތައް އޭޝިއާ އެވޯޑްގެ ރަސްމީ ވެބްސައިޓްގައި ބަޔާންކޮށްފައިވެއެވެ. ތިރީގައިވާ ލިންކުން ތަފްޞީލުތައް ކިޔައިލެވޭނެއެވެ.
Jaadhulla Ismail has bagged Asia’s Fashion and Lifestyle Face Award (asiaawards.org)
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!