ރަވީ ފާރޫޤް ޑައިރެކްޓްކޮށް، ބައިސްކޯފުން ގެނެސްދިން ކާމިޔާބު ސީރީޒް ”އެހެނަސް“ ގެ ވާހަކައާއި ސްކްރީންޕްލޭ ލިޔުނު އަޙްމަދު އިޤުބާލް (އައިކިއު) ލިޔެ ޑައިރެކްޓްކޮށް ބައިސްކޯފުން ގެނެސްދެމުން އަންނަ “ނޫންތަ؟” ސީރީޒް ވަރަށް ތަފާތުވެފައި ސަޅިކަމަށް، ރާއްޖޭގެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ޑާރކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.

ޑާރކް ރެއިން އެންޓަޓެއިންމެންޓުން މިހެން ބުނެފައިވަނީ މިދިޔަ ޑިސެމްބަރު މަހު 22 ވަނަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައެވެ.

“ނޫންތަ؟”ގެ ނަމުގައި ގެނެސްދޭން ފަށާފައިވާ މި ސީރީޒަކީ ތަފާތު ވާހަކަތަކެއް ކިޔައިދޭ 6 އެޕިސޯޑްގެ ސީރީޒެކެވެ. މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިހާރު ބައިސްކޯފުން ބަލައިލެވެން ހުރި އިރު، މި އެޕިސޯޑްގައި ކިޔައިދެނީ ‘ރޫލްސް އެންޑް ރެގިއުލޭޝަންސް’ އެވެ. މި އެޕިސޯޑްގައި ނުޒޫ ފެނިގެންދަނީ ސަނާގެ ގޮތުގައެވެ. ސަނާ އަކީ ކާމިޔާބު ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައެވެ. މި އެޕިސޯޑްގައި ތަފާތު ގިނަ ވާހަކަތަކެއް ކިޔައިދެއެވެ.

އެޕިސޯޑުގައި ކިޔައިދޭނީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. މީގެ މައިގަނޑު ތަރިންނަކީ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ނުޒުހަތު ޝުޢައިބު (ނުޒޫ) އާއި އަޙްމަދު އާސިމްއާއި ކުރިއަރަމުން އަންނަ އެކްޓަރު އަދުހަމްއެވެ.

ސަނާގެ ފިރިމީހާ އަކީ ސާނިމްއެވެ. ސަނާގެ ހަޔާތަށް އިޖާޒް އައުމުން ކުރިމަތިވާ ލޯބީގެ ހާދިސާތަކެއް މީގައި ދައްކައެވެ. ނުޒޫ، ސަނާގެ ރޯލުން ފެނިގެންދާއިރު ސާނިމްއަކީ އާސިމްއެވެ. އަދުހަމް ފެނިގެންދާނީ އިޖާޒްގެ ރޯލުންނެވެ.

“ނޫންތަ؟”ގެ ތިން އެޕިސޯޑް އިޤްބާލް ޑައިރެކްޓްކޮށްފައިވާ އިރު، އަނެއް ތިން އެޕިސޯޑް ޑައިރެކްޓްކުރީ ނާއިޝާ ނާޝިދު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.