2018 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޓައިޓަލް ކާމިޔާބުކުރި ޢާއިޝަތު އަޒަލް ޢަލީ ޒާހިރު ކިޔާފައިވާ “ދޮހޮއްކޮބޭގެ ބަނބުކެޔޮ ޓްރީ” ލަވައިގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ރޮކް ސްޓައިލްގެ މި ލަވައަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، މިއީ އަހައިލަން ތަފާތު ހިތްގައިމު ލަވައެކެވެ.

އަޒަލްގެ މި ހިތްގައިމު ލަވައިގެ ތަފާތު ވާރޝަންއެއް މި ދުވަސްކޮޅު އަނެއްކާވެސް މިވަނީ ފިސާރި ރަނގަޅަށް ވައިގައި ހިފާފައެވެ. މިފަހު މި ލަވަ ކިޔާފައިވަނީ ތަންކޮޅެއް އުމުރުން ދޮށީ ދައްތައެކެވެ. ޓިކްޓޮކް ތެރޭގައިވެސް ވައިގައި ހިފާފައިވާ މި ވީޑިއޯ ބޭނުންކޮށްގެން ޝަހީދު ލިގެސީން މިއަދު ޓްވިޓަރގައި އާއްމުކޮށްފައިވާ ވާރޝަން އަކީ ހެވީ ރޮކް މެޓަލް ވާރޝަންއެކެވެ.

“އާސިމް ބާސިމް ބަމްބޯ މީޓްސް މެޓަލް”ގެ ނަމުގައި ޝަހީދު އާއްމުކުރި ވީޑިއޯއާ ބެހޭގޮތުން މުނިއަވަސް އަށް އޭނާ ބުނީ މިއީ އެތަކެއް ބަޔަކު މި ވީޑިއޯ ފޮނުވާފައި ރޮކް ވާރޝަން އަކަށް ބަދަލުކޮށްދިނުމަށް އެދެމުން ދާތީ ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މި ލަވަ ކިޔާފައިވާ އަންހެން މީހާއަށް ޝާހީދު ވެސް ތަޢުރީފުކޮށްފައިވެއެވެ.

“ޝީ އިޒް އެޕިކް” އަންހެން މީހާގެ ލަވަކިޔުމުގެ ހުނަރަށް އިޝާރާތް ކުރަމުން ޝަހީދު ބުންޏެވެ.

“ޝައުޓް އައުޓް ދިސް އެޕިކް ލޭޑީ. މީ ހަމަ ފިސާރި ކަނބަލެއް.” ޓްވިޓަރ ގައި ލަވަ އާއްމުކުރަމުން ޝަހީދު ފާހަަގަކޮށްފައިވެއެވެ.

މުނިއަވަސް އަށް އެނގިފައިވާގޮތުން މި ލަވަ ކިޔާފައިވަނީ ހދ. ކުޅުދުއްފުށީ ކަނބަލެކެވެ.

ކުރީގެ ދިވެހި ލަވަތަކަށް ޝަހީދު ލިގެސީ ތައްޔާރުކޮށް ގެނެސްދެމުން އަންނަ ހެވީ ރޮކް މެޓަލް ވާރޝަންތައް ވަރަށް ތަފާތުވެފައި އުފެއްދުންތެރިއެވެ. މިއީ ރޮކް މެޓަލް ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާ ސްޓައިލަކަށް އޭނާ ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

ޢާއިޝަތު އަޒަލް ޢަލީ ޒާހިރު ކިޔާފައިވާ “ދޮހޮއްކޮބޭގެ ބަނބުކެޔޮ ޓްރީ”

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.