ސައިންސް ފިކްޝަން ފިލްމްތައް ހަދަން މަޝްހޫރު ޑައިރެކްޓަރު ރޮލަންޑް އެމެރިޗްގެ އައު ސައިންސްފިކްޝަން ފިލްމު “މޫންފޯލް”ގެ ޓްރެއިލަރ ބަލައިފިން ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް ސައިންސް ފިކްޝަން ފިލްމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ކަމުދާނެ، މޮޅު ފިލްމަކަށް ވާނެ ފިލްމެއްކަން މި ޓްރެއިލަރ އިން ދައްކައެވެ.

ފިލްމު “މޫންފޯލް”ގައި ދައްކައިދެނީ ފިލްމުގެ ނަމުންވެސް ދޭހަވާ ގޮތަށް ހަނދު ވެއްޓެން އުޅޭތީ އެކަމާ ގުޅިގެން ކުރިމަތިވާ ކަންތަތަކެކެވެ. މި ޓްރެއިލަރގައި ހަނދު ވެއްޓެން ފެށުމުން ދުނިޔެއަށް ކުރިމަތިވާ ކާރިސާތަކަކަކާއި ޖައްވީ އުޅަދަކަށް ކުރިމަތިވާ ކާރިސާތަކެއް ދައްކައިދެއެވެ.

“މޫންފޯލް”ގެ ‘ކުރު ޚުލާޞާ’ ނުވަތަ ސިނޮޕްސިސް ބުނާގޮތުން، މި ފިލްމުގައި ދައްކައިދޭނީ ގޮތް ނޭނގޭ ގަދަ ބާރެއްގެ ސަބަބުން ހަނދު އޭގެ ނާރެހުން ނެއްޓުމުން ކުރިމަތިވާ ކަންތައްތަކެކެވެ.

ހަނދު އޭގެ ނާރެހުން ނެއްޓި ވެއްޓެން އުޅޭ އުޅުން ހުއްޓުވާނެ ގޮތް ނާސާގައި މަސައްކަތްކުރާ ހޭލް ބެރީއަށް އެނގޭކަމަށް މި ފިލްމުގައި ދައްކުވައިދެއެވެ. ނަމަވެސް ހޭލް ބެރީގެ ވާހަކަތައް ޤަބޫލުކުރާ ހަމައެކަނި މީހަކީ ކުރީގެ އެސްޓްރޮނޮޓެއްގެ ރޯލުން ފެނިގެންދާ ޕެޓްރިކް ވިލްސަންގެ އިތުރުން ކޮންސިޕިރެސީ ތިއަރިސްޓެއްގެ ރޯލުން ފެންނަ ޖޯން ބްރޭޑްލީ ކަމަށްވެސް މި ފިލްމުގައި ދައްކައިދޭނެއެވެ.

“މި އާދަޔާޚިލާފު ބަޠަލުން އެމީހުން ލޯބިވާ ފަރާތްތައް ދޫކޮށް ޖައްވަށް ދަތުރެއްކުރަނީ ހަނދު ވެއްޓުން ހުއްޓުވުމަށް.” ސިނޮޕްސިސްގައި ބަޔާންކޮށްފައި ވެއެވެ.

“މޫންފޯލް” ލިޔުނީ ސްޕެންސަރ ކޯހެން، ރޮލަންޑް އެމެރިޗް އަދި ހެރަލްޑް ކްލޯސާ އެވެ. މުހިންމު ތަރިންގެ ތެރޭގައި ހޭލް ބެރީ، ޕެޓްރިކް ވިލްސަން އަދި ޖޯން ބްރޭޑްލީ ހިމެނެއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ 04 ފެބްރުއަރީ 2022 ގައެވެ.

ޑައިރެކްޓަރު ރޮލަންޑް އެމެރިޗްގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ 2016 ގައި ނެރުނު ފިލްމު “އިންޑިޕެންޑެންސް ޑޭ: ރިސާޖަންސް” އެވެ. މި ފިލްމަކީ އޭނާ 2006 ވަނަ އަހަރު ޑައިރެކްޓްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި “އިންޑެޕެންޑެންސް ޑޭ” ގެ ސީކްއެލްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.