“ބާހޫބަލީ: ދަ ބިގިނިންގ” (2015) އަދި “ބާހޫބަލީ: ދަ ކޮންކްލޫޝަން” (2017) އަކީ އިންޑާގެ ބޮކްސް އޮފީހުގައި ވަރުގަދަ ކާމިޔާބީއެެއް ހޯދި ދެ ފިލްމެވެ. މި ފްރެންޗައިޒް ސީރީޒްގެ ކާމިޔާބީއަށް ފަހު، ނެޓްފްލިސް އާއި އެސް.އެސް ރާޖާމޯލީ ގުޅިގެން “ބާހޫބަލީ”ގެ ޕްރިކްއިލްއެއް ހެދުމަށް ނިންމިއެވެ. “ބާހޫބަލީ: ބިފޯރ ދަ ބިގިނިންގ”ގެ ނަމުގައި ގެނެސްދޭން ނިންމި މި ފިލްމުގެ މައިގަނޑު ޚިޔާލު ބައްޓަންކުރީ ބާހޫބަލީގެ މަންމަ، ސިވަގަމީގެ ވާހަކަތައް ގެނެސްދިނުމަށެވެ.
މި ފިލްމުގެ އޮރިޖިނަލް ކާސްޓުންގެ ގޮތުގައި މަރޫނާލާ ތާކުރު ލީޑް ރޯލަށް ހަމަޖައްސައި، ޑައިރެކްޓަރަކަށް ދޭވާ ކައްޓާ ހަމަޖެއްސިއެވެ. އޭގެ ފަހުން، އެ ފިލްމުގެ މުހިންމު ދެ ރޯލަށް ރާހުލް ބޯސް އަދި އަތުލް ކުލްކަރްނީ ގެނައެވެ.
ނަމަވެސް މި ފިލްމުގެ ޝޫޓިންއަށް ހަ މަސް ދުވަސް ހޭދަވެ، 100 ކްރޯޑަށް ވުރެން ގިނަ ފައިސާ ހޭދަކުރެވި، ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެއްވެސް ކުރެވުނު ފަހުން، މި ފިލްމުގައި ދޭވާ ކައްޓާ ޑައިރެކްޓްކުރި ބައި ވަތްގަނޑަށް ލުމަށް ނެޓްފްލިކްސް އަދި އެސް.އެސް ރާޖާމޯލީ ވަނީ ނިންމާފައެވެ. މި ފިލްމު އުފައްދާ ފަރާތުން މިކަން ކުރީ ފިލްމަށް އައު ތަރިންތަކެއް ލައިގެން އަލުން ޝޫޓްކުރަން ނިންމާފައިވާތީ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މަސްދަރަކުން ބުނީ، “ބާހޫބަލީ: ބިފޯރ ދަ ބިގިނިންގ” އަށް ހޭދަކުރި ފައިސާ ޑަސްބިނަށް އަޅައިލީ ފިލްމަށް އައު ޑައިރެކްޓަރެއް ލައިގެން ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ދޭވާ ކައްޓާގެ ބަދަލުގައި ކުނާލް ދޭޝްމުކް އަދި ރިބޫ ދާސްގުޕްތާ ހަމަޖައްސައި 2021 ވަނަ އަހަރު ރަސްމީ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ.
ނަމަވެސް އޭގެ ފަހުން، އަނެއްކާވެސް މި ފިލްމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުގައި ފެށުމަށް މަޑުޖައްސައިލިއެވެ.
“ބާހޫބަލީ: ބިފޯރ ދަ ބިގިނިންގ”ގެ މަސައްކަތްތައް ނިންމުމަށް 150 ކްރޯޑްގެ އިންޑިއާ ފައިސާ ހޭދަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިވަގުތު މި ފިލްމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައި ވާކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!