މަޝްހޫރު ކޮމީޑިއަން މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން ވަރުގަދަ ވެބްސީރީޒެއް ނެރެން ތައްޔާރުވެ، އެ ސީރީޒްގެ ޓީޒަރ ދައްކާލައިފިއެވެ. މަޝްހޫރު ޑައިރެކްޓަރު އަދި ތަޖުރިބާކާރު އެކްޓަރު އަޙްމަދު ނިމާލް ޑައިރެކްޓްކުރާ “ލަފުޒު” ސީރީޒްގައި ޖުމްލަ 30 އެޕިސޯޑް ހިމެނޭނެއެވެ.
“ލަފުޒު”ގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މުނިއަވަސް މެދުވެރިކޮށް އާއްމުކުރަމުން ޑައިރެކްޓަރު ނިމާލް ބުނީ މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރްޔަމް މޫސާ ލިޔެފައިވާ 30 އެޕިސޯޑްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ ސީރީޒެއް ކަމަށެވެ. ނަމަވެސް މީގެ މަސައްކަތްތައް ބަހާލާފައިވާ ގޮތުން މިވަގުތު ނިންމާފައި ވަނީ15 އެޕިސޯޑްކަމަށް ވެސް ނިމާލް ފާހަގަކުރިއެވެ.
ރ. މާކުރަތު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން އެރަށުގައި ޝޫޓްކޮށްފައިވާ މި ސީރީޒް ކެމެރާކޮށް އެޑިޓްކުރަނީ މަޝްހޫރު ކެމެރާމަން އަދި ޕޯސްޓްޕްރޮޑަކްޝަން މަސައްކަތުގައި ތަޖުރިބާކާރު ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ނިމާލް ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ “ލަފުޒު”ން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ޓިކްޓޮކުން ވިދާލައި ފިލްމީ ދާއިރާގައިވެސް ފިޔަޖަމުން އަންނަ ޝިފާ، ޢަލީ އާޒިމް (ދޮން އައްޔަ)، އަލަށް ތަޢާރަފުވާ ޢާރިފާ ޢަލީ، މި ފަދަ ސީރީޒަކުން އަލަށް ފެނިގެންދާ އާދަމް ސަޢީދު، ފާޠިމަތު ލަޠީފާ، ނަޞީރު، ތުހުފާ ހިމެނެއެވެ. މީގެ އިތުރުން މީގައި ހަރަކާތްތެރިވާ ކުޑަކުދިންގެ ރޯލުތަކުން ފެނިގެންދާނީ ރ. މާކުރަތުގެ ކުދިންނެވެ.
“މާކުރަތުން ލިބުނު ބޮޑު ތަރުހީބާ އެކު15 އެޕިސޯޑް ނިންމައިގެން މިއައީ25 ދުވަހުން. އަދި މީގެ ދެވަނަ ސީޒަން، ބާކީ އޮތް15 އެޕިސޯޑްވެސް ހަމަ މާކުރަތުގަ ނިމިގެންދާނެ.” މާކުރަތުން ލިބުނު ތަރުހީބަށް ޝުކުރުވެރިވަމުން ނިމާލް ފާހަގަކުރިއެވެ.
“ދެން މި ޑްރާމާ ސީރީޒް ބޭސްވެފަ މިވަނީ ވަރަށް އެހެން ކަހަލަ ސްޓޯރީއެއްގެ މައްޗަށް. ގެއެއްގެ ތެރޭގަ ބޮޑުވަމުން އަންނަ އަންހެން ކުއްޖަކު އެކަހެރިވެގެން ދާގޮތް މީގެން ފެނިގެން ދާނީ.” ސީރީޒްގެ މައިގަނޑު ބިނާވެފައިވާ ގޮތް އޮޅުންފިލުވައިދެމުން ނިމާލް ފާހަކުރިއެވެ.
މި ސީރީޒްގެ މަސައްކަތްތައް ކުރިއަށް ދިޔަގޮތާ އިތުރު މަޢުލޫމާތުތައް މުނިއަވަސް އަށް ނިމާލް ހިއްސާކޮށްފައިވެއެވެ.
މި ސީރީޒް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް އަދި އެމްއެސްޓީވީ މެދުވެރިކޮށެވެ.
“ލަފުޒު”ގެ ޓީޒަރ މިރޭ ނެރެފައިވަނީ މުނިއަވަސް އަދި މީޑިއާނެޓްގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށެވެ.
https://www.youtube.com/watch?v=_0li6g3mH6Y&feature=youtu.be
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!