ވަރުން ދަވަން އާއި މަދޫރީގެ އައު ފޮޓޯއެއް ފެނުމުން ފޭނުންގެ ހިތްތައް “ދަކު ދަކު” ތަޅުވާލާފައިފިއެވެ.

ބުދަ ދުވަހުގެ އިންސްޓަރގްރާމްގައި ވަރުން ދޫކޮށްލާފައި މިވާ ރީތި ފޮޓޯގައި މަދޫރީ ފެންނަނީ ހަމަ ކުރިއެކޭވެސް އެއްފަދައިން ވަރަށް ފަރިކޮށް ނޫކުލައިގެ ސާޅިއެއްގައި ހުއްޓައެވެ. އަދި ވަރުން ހުރީ ހުދު ކުލައިގެ ގަމީހެއްގައެވެ. މަދޫރީ ބޭނުންކޮށްފައިވާ ރީތި ގަހަނާ ތަކުންނާއި ވަރުންގެ ކަރުގައި އަޅުވާލާފައިވާ ފޮތިކޮޅުން މި ފޮޓޯ އިތުރަށް ފުރިހަމަ ކޮށްދީފައިވެއެވެ.

މި ތަސްވީރު ޙިއްސާކުރަމުން ވަރުން ކެޕްޝަންގައި ލިޔެލާފައިވަނީ ” ދަކު ދަކު ކަރުނޭލަގާ ސަމްތިންގ ސުޕެޝަލް ކަމިން” މިހެންނެވެ. އެހެން ކަމުން ފާހަގަކުރެވޭ ގޮތުގައި މި ދެތަރިންގެ ޙާއްސަ ޕުރޮޖެކްޓެއް މިވަނީ ބެލުންތެރިންނާ ހަމައަށް އައުމުގެ މަގުމަތީގައެވެ. މި ޕޮޓޯ ޝޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު ސަޕޯޓަރުންގެ އިހުސާސްތައް މިވަނީ ކޮމެންޓު ބައިގައި ބަންޑުންވެސް ޖަހާލާފައެވެ. ސަޕޯޓަރުން ތިބީ މި ޕުރޮޖެކްޓާ ބެހޭ މަޢުލޫމާތު ހޯދުމަށްޓަކައި ފެންބޮވައިގެންފައި ކަހަލައެވެ.

މި ދެތަރިން ވަނީ މީގެ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައެވެ. އެއީ ފިލްމު ” ކަލަންކު” ގައެވެ. އެފިލްމުގައި މި ދެތަރިންގެ އިތުރުން އާލިއާ ބަޓް، އަދިތިޔާ ރޯއީ ކަޕޫރު، ސޮނާކުސީ ސިންހާ އަދި ސަންޖޭ ދަތު މަސައްކަތްކޮށްފައި ވެއެވެ. އެ ފިލްމު ރިލީޒް ކޮށްފައިވަނީ 17 އެޕްރިލް 2019 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް