ސްޕަރސްޓަރ ސަލްމާން ޚާންގެ ހިޓް ފިލްމު “ނޯ އެންޓްރީ” (2005)ގެ ދެވަނަ ބައެއް ހަދާނެކަން މިދިޔަ ޑިސެމްބަރު މަހު ސަލްމާން ޚާންގެ އުފަންދުވަހު ވަނީ އިޢުލާނުކޮށްފަ އެވެ. މި ޚަބަރަކީ ސަލްމާންގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ އުފާވެރި ޚަބަރެކެވެ.
“ނޯ އެންޓްރީ”ގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ “ނޯ އެންޓްރީ މެއިނ އެންޓްރީ” އެވެ. ފިލްމު ޑައިރެކްޓްކުރާނީ “ނޯ އެންޓްރީ”ގެ ވެސް ޑައިރެކްޓަރު އަނީސް ބަޒްމީ އެވެ.
“ނޯ އެންޓްރީ މެއިނ އެންޓްރީ” އަށް ފަންޑުކުރާ ބޯނީ ކަޕޫރް މީޑިއާއަކަށް ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓް އޮތީ ތައްޔާރަށް ކަމަށާ ފިލްމު ފެށުމުގެ އިޚްތިޔާރާއި އެކަން ފަށާނެ ވަގުތެއް ކަނޑައެޅުން ވަނީ ސަލްމާން ޚާންގެ އަތްމަތީގައި ކަމަށެވެ.
“ފިލްމު “ނޯ އެންޓްރީ މެއިނ އެންޓްރީ” އެއްކޮށް ބަރޯސާވެފަ އޮތީ ސަލްމާނަށް. އެއީ ހަމައެކަނި ސަލްމާނަށް ހެދޭނެ ފިލްމެއް.” ބޯނީ ކަޕޫރް އިތުރަށް ބުންޏެވެ.
މި ފިލްމުގައި ސަލްމާން ޚާންގެ އިތުރުން، އަނިލް ކަޕޫރް، ފަރްދީން ޚާން، ބިޕާޝާ ބާސޫ، ލާރާ ދައްތާ، އީޝާ ޑިއޯލް އަދި ސެލީނާ ޖެއިޓްލީ ހިމެނެއެވެ. ފިލްމުގެ އިސް-ބަޠަލުންގެ ގޮތުގައި ހަރަކާތްތެރިވާ މީހުން އޮޑިއަށް އަރާފައިވާއިރު، އަންހެން އިސް-ބަޠަލާއިންގެ ގޮތުގައި އަލަށް ނަގާނެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.
ސަލްމާން ޚާން މިވަގުތު ކުރަމުން އަންނަ ފިލްމީ މަސައްކަތްތަކަށް ބަލައިލާއިރު، އިންތިޒާރުކުރެވެމުން އަންނަ ފިލްމު “ޓައިގަރ 3″ގެ މަސައްކަތުގައި އޭނާ އުޅެނީ ވަދިކޮށެވެ. މި ފިލްމުގައި ކެޓްރީނާ ކެއިފް އަދި އިމްރާން ޙާޝްމީ ވެސް އިސް-ބަޠަލުންގެ ގޮތުގައި ހަރަކާތްތެރިވެއެވެ. ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށް އުއްމީދުކުރެވެއެވެ.
ސަލްމާންގެ ފިލްމު “ކަބީ އީދު ކަބީ ދިވާލީ”ގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެއެވެ. މިއީ ސާޖިދު ނާޑިއާވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ އިސް-ބަޠަލާއަކަށް ޕޫޖާ ހޭގްޅޭ ވެސް އުޅޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!