“އިންސާފުގެ ވާހަކަދެއްކީމަ ކޮންމެ މީހަކަށްވެސް ހީވާނީ މީ ސަރުކާރުގެ އެޖެންޑާއެކޭ. އެކަމަކު މިހާވަރުކަމެއް ދިމާވީމަ އަސްލު އެނގެނީ އިންސާފަކީ ކޮންމެހެން ވޯޓުހޯދަން ޖަހާ މަޅިއެއް ނޫންކަން.” ކަޒްމިކް އިންޓަނޭޝަނަލް އިން އުފައްދާފައިވާ ކްރައިމް ތުރިލާ ވެބް ސީރީޒް “ދަރަކަ” ރިލީޒްކުރާނެ ތާރީޚް އިޢުލާނުކުރަމުން ނެރެފައިވާ ރަސްމީ ޓްރެއިލަރގައި ސޫޒަން އިބްރާހީމްފުޅު ބުނެލައެވެ.
އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށްފައިވާ 08 އެޕިސޯޑްގެ ވެބް ސީރީޒް “ދަރަކަ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 08 އޭޕްރީލް 2022ގައި މީޑިއާނެޓްގެ އޯޓީޓީ މަންސަތަކުގައެވެ.
މީޑިއާނެޓްގެ އިންސްޓަގްރާމް މެދުވެރިކޮށް މިމަހު 14 ވަނަ ދުވަހު އާއްމުކޮށްފައިވާ ޓްރެއިލަރުން މި ސީރީޒަށް މީހުން އިންތިޒާރުކުރުވާ ފަދަ ބައެއް މުހިންމު މަންޒަރުތަކާއި ޑައިލޮގުތައް އާއްމުކޮށްފައިވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީގެ ޢިއްޒަތްތެރި މެންބަރު ނާޒިމާ ޝާކިރުގެ ދަރިފުޅު ގެއްލިގެން އެކަމުގައި އުޅޭތަން ފެނެއެވެ. ނާޒިމާ ޝާކިރުގެ ފިރިމީހާގެ ގޮތުގައި އިބްރާހީމް ޖިހާދު (ޖިމީ) ހަރަކާތްތެރިވާ މަންޒަރެއް ފެނެއެވެ. ނާޒިމާ ޝާކިރު (ސޫޒަން އިބްރާހީމްފުޅު) އޭނާގެ ޖާހާއި ހައިބަތްތެރިކަން ނުހަނު ކިބުރުވެރި ސިފައެއްގައި ދައްކަމުން މަގުމަތިން ހިނގާލާފައި ދާ މަންޒަރާއި އިންސާފުގެ ވާހަކަ ދައްކާ މަންޒަރުން މިއީ ފިސާރި ވާހަކަތަކެއް ގެނެސްދޭނެ ސީރީޒެއްކަމަށް ޤަބޫލުކުރެވެއެވެ. މީގެ އިތުރުންވެސް މި ސީރީޒްގައި ހަރަކާތްތެރިވާ މުހިންމު ތަރިންގެ ބައެއް މަންޒަރުތައްވެސް މި ޓްރެއިލަރުން ފެނިގެން ދެއެވެ.
ވަރުގަދަ ކާސްޓެއް ފެނިގެންދާނެ މި ސީރީޒްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލިސް ފްލޯރގެ މަންޒަރުތަކާއި މަޖިލީހުން ބޭރުގެ މަންޒަރުތައް ހިމެނޭގޮތަށް މުހިންމު ރޯލަކުން “ގަމިނި” ސީރީޒުން އޯޑިއަންސް ހަައިރާންކޮށްލި ސޫޒަން އިބްރާހީމްފުޅު ފެނިގެންދާއިރު، މުހިންމު ރޯލުތަކުން ހުނަރުވެރި ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން އިބްރާހީމް ޖިހާދު (ޖިމީ)، އަޙްމަދު އިފްނާޒް ފިރާޤް، ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް، އަދުހަމް ލަޔާލް ޤާސިމް، ޢާއިޝަތު ޢަލީ، ޢަލީ އުސާމް (ދޮނާ)، މުޙައްމަދު އަފްރާހް، އަލަށް ތަޢާރަފުކުރާ ފާޠިމަތު ވިސާމާ ހިމެނެއެވެ.
“ދަރަކަ”އިން މިހައިތަނަށް ދައްކާލާފައިވާ މަންޒަރުތަކަށް ބަލާއިރު، މި ސީރީޒުން ރާއްޖޭގެ ސިޔާސީ މައިދާނުގެ އެފަރާތާއި މިފަރާތް ދައްކުވައިދޭނެއެވެ. މީގެ އިތުރުން ސިޔާސީ ކަންކަމުގެ ތެރެއިން އުފެދޭ ހޫނު އާވިން ފިހިގެންދާ ފަރާތްތަކާއި ޝިކާރައަކަށް ވެގެންދާ ފަރާތްތަކުގެ ވާހަކަތައްވެސް ދައްކައިދޭނެއެވެ.
‘ކަޒްމިކް އިންޓަރނޭޝަނަލް’ އިން މީގެ ކުރިން ވަނީ ‘އައި ފިލްމްސް’އާއި ގުޅިގެން “މަޒްލޫމް”ގެ ނަމުގައި ނުހަނު ކާމިޔާބު އެންތޮލޮޖީ ސީރީޒެއް ބައިސްކޯފު މެދުވެރިކޮށް ގެނެސްދީފަ އެވެ. އެ ސީރީޒް ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!