ހެއްވާ މަޖާ ވެބް ސީރީޒް “އޮފީސް ލޯބި” ބައިސްކޯފު އެޕްލިކޭޝަންގެ ޓީވީ އެޕްލިކޭޝަން ރިލީޒްކުރުމާއެކު ޕްރެމިއަރ ކުރާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މުނިއަވަސް އަށް ނުރަސްމީކޮށް އެނގިފައިވާ ގޮތުން މި މަހު 21ހާ ތާނގައި ޓީވީ އެޕް ރިލީޒްކުރާނެއެވެ.
“އޮފީސް ލޯބި” ލިޔެ ޑައިރެކްޓްކޮށްފައި ވަނީ އަމީނާ މުޙައްމަދު (އަމީ) އެވެ. މިއީ އޮފީހެއްގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ވެބް ސީރީޒެކެވެ.
“އޮފީސް ލޯބި” މިއީ އޮފީސް މާހައުލުގަ ހިނގާ އެކިއެކި ކަންތައްތަކާ ގުޅުވާލައިގެން ހަދާފަވާ ސީރީޒެއް. ކުޑަކޮށް ކޮމެޑީ ވާނެ.” ސީރީޒްގެ މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން އަމީ ބުންޏެވެ. އަމީ އިތުރަށް ބުނީ މި ސީރީޒުން ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ނެރުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށެވެ.
އެގޮތުން، މި ސީރީޒް މެދުވެރިކޮށް ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވެގެންދާނެ ފަރާތްތަކުގެ ތެރޭގައި ރަފްހާން، ރޫބީ، ދީނާ (ޖެރީ), ސާލިމް (ބަގްސީ) އަދި ޖިލިއަން ހިމެނެއެވެ.
ދަބާ އަދި އައިމަން ކެމެރާކޮށްފައިވާ “އޮފީސް ލޯބި” އުފައްދުމުގައި ތަފާތު ގޮތެއް ބޭނުންކޮށްފައިވާކަމަށް ވެސް އަމީ ބުންޏެވެ.
މި ވެބް ސީރީޒުގައި އެކުވެރިކަމާއި އަޅައިލުމާއި ލޯބި އަދި މަޖާ ކަންތައްތަކެއް ހިމެނޭ އިރު، ނޭވާ ހިފަހައްޓާލަން ޖެހޭނެ އެތައް ވަގުތުތަކެއް އަންނާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
“އޮފީސް ލޯބި” ވެބް ސީރީޒުގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރޭގައި އައިމިނަތު ޝުހާ، މަރިޔަމް ވަހީދާ (ޔަމް)، ޝިވާޒު އަދި މުޙައްމަދު އަފްރާޙު ހިމެނެއެވެ. އަދި މުޅިން އަލަށް މި ދާއިރާއަށް ތަޢާރަފްކުރާ ފަންނާނުން ވެސް ހިމެނެއެވެ.
ބައިސްކޯފުގެ މީސްމީޑިއާން މަންސަތަކުގައި ޢާންމުކޮށްފައިވާ “އޮފީސް ލޯބި” ފަންނާނުންގެ ފޮޓޯތަކުން ވެސް ސީރީޒުގެ މަޖާކަން ހާމަވެއެވެ.











ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!