ހުނަރުވެރި އެކްޓަރ އާސިމް ލިޔެ ޑައިރެކްޓްކޮށްފައިވާ އެންތޮލޮޖީ ވެބް ސީރީޒް “ވިހާލި”ގެ ފުރަތަމަ އެޕިސޯޑް ‘ލިފްޓް ގޮޅި’ ރިލީޒްކޮށްފިއެވެ. އަޑި ނުއެނގޭ ސިއްރުތަކެއް އެކުލެވޭ ‘ލިފްޓް ގޮޅި’ން ފެނިގެންދާ އިސް-ބަޠަލުންގެ ތެރޭގައި މަޝްހޫރު އެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ނަތާޝާ ޖަލީލް ހިމެނެއެވެ.
މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް މިދިޔަ އަހަރު އޯގަސްޓް މަހު ކާސްޓިންކޯލް ބޭއްވި މި ސީރީޒަކީ ޖުމްލަ 12 އެޕިސޯޑް ހިމެނޭ ސީރީޒެކެވެ. ސީޒަން ތަކަކަށް ބެހިގެންދާ އެންތޮލޮޖީ/ކްރައިމް ސީރީޒް ”ވިހާލި: ސީޒަން 01“ ގައި 06 އެޕިސޯޑެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ކާސްޓިންގް ކޯލް ޝޯވގައި ބުނެފައިވެއެވެ.
“މީގަ އެއްވެސް ވާހަކައެއް އަނެއް ވާހަކައަކާ ނުގުޅޭނެ. ހަމަ ކޮންމެ އެޕިސޯޑެއްގަ ކިޔައިދޭނީ ތަފާތު ވާހަކައެއް.” ކްރައިމް ސަސްޕެންސް ތުރިލާ “ވިހާލި”ގެ އިތުރު މަޢުލޫމާތު މުނިއަވަސް އާ ހިއްސާކުރަމުން އާސިމް ބުންޏެވެ.
“ވިހާލި”ގެ ފުރަތަ އެޕިސޯޑުން ނޭވާ ހިފަހައްޓައިލަން ޖެހޭ މަންޒަރުތަކެއް ފެނިގެންދެއެވެ. މީގައި ބޭނުންކޮށްފައި ހުރި އެފްއެކްސް މޭކަޕް މިއީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މި އެޕިސޯޑުން މަޝްހޫރު ފިލްމީ ތަރި އަޙްމަދު ސަޢީދު، ޝިފާ މުޙައްމަދު، މަރްޔަމް ހަލީމް، އަލީ ފާރޫޤް ހިމެނެއެވެ. އިތުރު ތަރިންގެ ތެރޭގައި ބައެއް ވީޑިއޯ ލަވަތަކުން މަޝްހޫރުކަން ހޯދި ޢަލީ ފިޒާމްގެ އިތުރުން އަބްދުﷲ ނަޞީރު އަދި ޢަލީ ނަދީހް ހިމެނެއެވެ.
މި އެޕިސޯޑްގައި ގެނެސްދީފައިވާ ތީމް ލަވައަކީ ފާހަގަކޮށްލެވޭ ފަދަ ހިތްގައިމު ލަވައެކެވެ. ހުވަދޫ ބަހުން ކިޔާފައިވާ މި ލަވައަކީ ޢަބްދުﷲ ޙަސަން (އަބޫ) ކިޔާފައިވާ ސަޅި ލަވައެކެވެ.
Lift Golhi — 01st episode of #Vihaali is now streaming only on #Baiskoafu #baiskoafuoriginals pic.twitter.com/bN8lkHNf9G
— Baiskoafu (@baiskoafu) April 3, 2022
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!