ގާރލިކް ނާނަކީ ހަމަ ގައިމުވެސް ދިވެހީންގެ ތެރެއިންވެސް ގިނަ ބަޔަކަށް ވަރަށް ކަމުދާ، މީރު އެއްޗެކެވެ. ކުކުޅާއެކު ކެއުމަށް ނުވަތަ ބަޓަރ-ޗިކަން އާއެކު ކެއުމަށް މިއީ ހަމަ އެއްވަނައިގެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

🍳 2 ޖޯޑު ގޮދަން ފުށް
🍳 1 ސައިސަމުސާ ހަކުރު
🍳 1 ސައިސަމުސާ ޔީސްޓް (ކަމީރު)
🍳 2 މޭޒުމަތީސަމުސާ ކުކިން އޮއިލް
🍳 ރަހަލާ ވަރަށް ލޮނު
🍳 ގާރނިޝް ކުރުމަށް، ޗަސްކޮށްފައި ހުރި ލޮނުމެދު
🍳 ގާރނިޝްކުރުމަށް ކޮތަންބިރި ފަތް
🍳 ބޭނުންވާނެ މިންވަރަށް ބަޓަރު

ތައްޔާރުކުރާނެ ގޮތް:

1- ފުށް، ކަމީރު، ހަކުރު، ލޮނު، އަދި ތެޔޮފޮދު ބޯތަށްޓަކަށް އަޅައިލާ ތާފަނާ ފެން އެއްކޮށްގެން ރަނގަޅަށް އެއްކޮށްލުމަށްފަހު މޮޑެލާށެވެ.

2- މޮޑުނު ފުށްގަނޑު، ތެތް ފޮތިގަނޑަކުން ކަވަރުކޮށްލުމަށްފަހު ކޮޓަރީގެ ފިނިހޫނުމިނުގައި ބާއްވާށެވެ. މޮޑުނު ފުށްގަނޑުގެ ދެގުނަ ސައިޒަށް ފުފެން ދެން ބާއްވަން ވާނެއެވެ.
3- ފުށްގަނޑުން ގުޅަ ވަށާށެވެ.
4- ފުށްގުޅަތައް ރޮށިދަމާ ގޮތަށް ދަމާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ލޮނުމެދު އަދި ކޮތަންބިރި ފަތް އަޅާލާށެވެ.
5- އަވަނުގެ ފިނިހޫނުމިން 200 ޑިގްރީއަށް ޖައްސާފައި ބަހައްޓާށެވެ. އަވަން ރަނގަޅަށް ހޫނުވުމުން ޓްރޭގައި ރޮށިތައް އަތުރާލާށެވެ. އެއަށްފަހު 10-12 މިނެޓް ވާންދެން އަވަނުގައި ބަހައްޓައިގެން ރޮށި ފިހެލާށެވެ.
6- އަވަނުން ރޮށިތައް ނެގުމަށްފަހު ހޫނުކޮށް ހުއްޓައި، ބުރުހަކުން ރޮށިތަކުގައި ބަޓަރު ހާާކާލުމަށްފަހު އަނެއްކާވެސް 1-2 މިނެޓް ވާންދެން އަވަނަށް ލައިގެން ފިހެލާށެވެ.
7- މިހާރު އެހެރީ ގާރލިކް ނާން ފިހެވިފައެވެ. ކުކުޅު ނުވަތަ ބަޓަރ-ޗިކަންއާ އެކުގައި ގާރލިކް ނާނަށް އިންސާފުކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.