ކަޒްމިކް އިންޓަނޭޝަނަލް އިން އުފައްދާފައިވާ ކްރައިމް ތުރިލާ ވެބް ސީރީޒް “ދަރަކަ” މިމަހު 08ގައި ރިލީޒްކުރުމާއެކު ފުރަތަމަ އެޕިސޯޑަށް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިއްޖެ އެވެ.
މީޑިއާނެޓްގެ ވީޑިއޯ ކްލަބުން މިހާރު ސްޓްރީމްކޮށް ބަލައިލެވެން އޮތް މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ބެލުމަށްފަހު ގިނަބަޔަކު މި ސީރީޒްގެ ކުރިއަށް ހުރި ބައިތަކަށް އިންތިޒާރުކުރަން ޖެހިފައިވާކަމަށް ބުނެ ފަހި ކޮމެންޓްތަކެއް ކޮށްފައިވެއެވެ.
އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށްފައިވާ 08 އެޕިސޯޑްގެ ވެބް ސީރީޒް “ދަރަކަ” އަށް ކޮށްފައި ހުރި ކޮމެންޓްތަކަށް ބަލައިލާއިރު ބެލުންތެރިއެއް ބުނެފައިވަނީ ފުރަތަމަ ފަސްމިނެޓުންވެސް ބަލާ ހިތްވެއްޖެ ކަމަށާ ފުރަތަމަ އެޕިސޯޑް ވަރަށް ރީތިވެފައި ވަރަށް ސަސްޕެންސް ކަމަށެވެ.
“ނާޒިމާ (ސޫޒަން އިބްރާހީމްފުޅު)ގެ އެކްޓިން ހަމަ ޓޮޕް ނޮޗް. ވާޝިޔާ އެންޑް އިފްނާޒްވެސް ވަރަށް ފިޓް ކެރެކްޓަރ އަށް. ލަވް ލަވް ލަވް ޔޯރ ސްޓޯރީ އެންޑް ޑައިރެކްޝަން. ވެއިޓިންގ ފޯރ ސެކަންޑް އެޕިސޯޑް.” ބެލުންތެރިއެއް ބުނެފައިވެއެވެ.
“މަވެސް ދަރަކަ ފަސްޓް އެޕިސޯޑް ބަލައިފިން. ފޫހިނުވެ ނިމެންދެން ބަލައިލެވުނު. އެއްމެންގެ އެކްޓިންވެސް ވަރަށް ސަޅި، ސްޕެޝަލީ ސޫޒަން، އިފްނާޒް، ޝިޔާ. ހުރިހާ ކެރެކްޓަރޒް އެއްގެ މޭކަޕް އެންޑް ލުކްސް ވަރަށް ރީތި. ސީރީޒަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ. ކާންޓް ވެއިޓް ފޯރ ދަ ނެކްސްޓް އެޕިސޯޑް.” ސީރީޒް ބެލި އެހެން މީހަކު ބުނެފައިވެއެވެ. މި ސީރީޒްގެ ހުރިހާ ފަންނާނުންގެ މޭކަޕްތައް ކޮށްފައިވަނީ ޒުވާން މޭކަޕް އާޓިސްޓު ރުޠުބާ އަޙްމަދު އެވެ.
“ބިގަސްޓް ހައިލައިޓް ޓު މީ އޮން އެޕިސޯޑް ވަން އިޒް ވާޝިޔާގެ މަމް އަކަށް ހުރި ޕާރސަން. ޝީ ކޯޓް މައި އެޓެންޝަން ފްރޮމް ހަރ ފަރސްޓް ސީން އިޓްސެލްފް. އަސްލު ވަރަށް މޮޅު.” މިފަދަ ރީތި ތަފާތު މަސައްކަތެއް ފެނުމަކީ ސަޅިކަމެއްކަން ފާހަގަކުރަމުން މި ކޮމެންޓްކުރި ބެލުންތެރިޔާ ބުނީ ޒުވާނުންނާ ގުޅުންހުރި އަދި ސިޔާސީ ބައިވެސް ހިމެނޭތީ އޭނާގެ މަންމަގެ އުމުރުގެ މީހުންވެސް މި ބަލާފައި ހަމަ މިފަދަ ކޮމެންޓްކުރާނެ ކަމަށް ބުނަން ކެރޭކަމަށެވެ.



“ދަރަކަ” އިން ދައްކުވައިދެނީ، ގެއްލިގެން ހޯދަމުން އަންނަ އަންހެން ކުއްޖެއް ކަމަށްވާ ނިޝާ ހޯދުމަށް، ނަވާލް ކިޔާ އިންވެސްޓިގޭޓިވް އޮފިސަރަކު ކުރާ މަސައްކަތެވެ. މި ސީރީޒްގައި ނިޝާއަކީ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ނާޒިމާގެ ދަރިފުޅެވެ.
ވަރުގަދަ ކާސްޓެއް ފެނިގެންދާނެ މި ސީރީޒްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަޖިލިސް ފްލޯރގެ މަންޒަރުތަކާއި މަޖިލީހުން ބޭރުގެ މަންޒަރުތައް ހިމެނޭގޮތަށް މުހިންމު ރޯލަކުން ”ގަމިނި“ ސީރީޒުން އޯޑިއަންސް ހަައިރާންކޮށްލި ސޫޒަން އިބްރާހީމްފުޅު ފެނިގެންދާއިރު، މުހިންމު ރޯލުތަކުން ހުނަރުވެރި ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން އިބްރާހީމް ޖިހާދު (ޖިމީ)، އަޙްމަދު އިފްނާޒް ފިރާޤް، ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް، އަދުހަމް ލަޔާލް ޤާސިމް، ޢާއިޝަތު ޢަލީ، ޢަލީ އުސާމް (ދޮނާ)، މުޙައްމަދު އަފްރާހް، އަލަށް ތަޢާރަފުކުރާ ފާޠިމަތު ވިސާމާ ހިމެނެއެވެ.
”ދަރަކަ“އިން މިހައިތަނަށް ދައްކާލާފައިވާ މަންޒަރުތަކަށް ބަލާއިރު، މި ސީރީޒުން ރާއްޖޭގެ ސިޔާސީ މައިދާނުގެ އެފަރާތާއި މިފަރާތް ދައްކުވައިދޭނެއެވެ. މީގެ އިތުރުން ސިޔާސީ ކަންކަމުގެ ތެރެއިން އުފެދޭ ހޫނު އާވިން ފިހިގެންދާ ފަރާތްތަކާއި ޝިކާރައަކަށް ވެގެންދާ ފަރާތްތަކުގެ ވާހަކަތައްވެސް ދައްކައިދޭނެއެވެ.
’ކަޒްމިކް އިންޓަރނޭޝަނަލް‘ އިން މީގެ ކުރިން ވަނީ ’އައި ފިލްމްސް’އާއި ގުޅިގެން ”މަޒްލޫމް“ގެ ނަމުގައި ނުހަނު ކާމިޔާބު އެންތޮލޮޖީ ސީރީޒެއް ބައިސްކޯފު މެދުވެރިކޮށް ގެނެސްދީފަ އެވެ. އެ ސީރީޒް ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަހީދު (އިއްލެ) އެވެ.
View this post on Instagram
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ