ފިލްމު “ބްރަހްމަސްތުރާ”ގެ އާ ޓީޒާއެއް މިއަދު ނެރެފިއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ ޓްރެއިލާ ޖޫން މަހުގެ 15 ވަނަ ދުވަހު ނެރޭނެ ކަމަށް ވެސް މިއަދު ނެރުނު ޓީޒާއާ އެކު އިޢުލާނުކޮށްފައިވެ އެވެ.
“ބްރަހްމަސްތުރާ”ގެ ޕްރޮމޯޝަންތައް މިއަދު ފަށާފައިވަނީ އަޔާން މުކަރްޖީ، ރަންބީރް ކަޕޫރް އަދި އެސްއެސް ރާޖާމޯލީ އަންދްރާޕްރަދޭޝްގެ ވިޝާކާޕަތުނަމް ސިޓީއަށް ގޮސް ފިލްމުގެ ފެށުން ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގަ އެވެ. މި ރަސްމިއްޔާތުގައި ފިލްމުގެ އައު ޓީޒަރއެއް ރިލީޒްކޮށް ފިލްމުގެ ހުރިހައި ތަރިން ތަޢާރަފްކުރި އެވެ.
ފިރިމީހާ ރަންބީރް ކަޕޫރްގެ ބައިވެރިއެއްގެ ގޮތުގައި މި ފިލްމުގައި ހަރަކާތްތެރިވާ އާލިއާ ބަޓް އޭނާގެ އިންސްޓަގްރާމުގައި ފިލްމުގެ އައު ޓީޒަރ ހިއްސާކޮށްފައިވެ އެވެ.
“މީގެ 100 ދުވަސް ފަހުން، ފިލްމު “ބްރަހްމަސްތުރާ: ޕާޓް އެކެއް” މިއީ ތިޔަ އެއްމެންގެ އެއްޗެއް. ޓްރެއިލަރ ނެރޭނީ ޖޫން 15ގަ.” ޓީޒަރ އާއްމުކުރަމުން އާލިޔާ ލިޔެލާފައިވެ އެވެ.
View this post on Instagram
ދަރްމާ ޕްރޮޑަކްޝަންގެ ސްޓާ ސްޓޫޓިއޯސް، ޕްރައި ފޯކަސް އަދި ސްޓަރލައިޓް ޕިކްޗަރޒް ގުޅިގެން އުފެއްދި “ބްރަހްމަސްތުރާ” ސިނަމާތަކުގައި އަޅުވާނީ 09 ސެޕްޓެމްބަރު 2022ގަ އެވެ. ހިންދީ، ތަމަޅަ، ތެލުގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން މި ތާރީޚްގައި ފިލްމު ރިލީޒްކުރާނެ އެވެ. މި ވަރުގަދަ އާޓް ފިލްމުގައި އަމީތާބް ބައްޗަން، ރަންބީރް ކަޕޫރް، އާލިއާ ބަޓް، މޯނީ ރޯއީ އަދި ނާގްއަރްޖުނާ އައްކިނޭނީ ހަރަކާތްތެރިވެ އެވެ.
ފިލްމު ޑައިރެކްޓްކުރީ، ރަންބީރް ހިމަނައިގެން ކުޅެފައިވާ ފިލްމުތައް ކަމަށްވާ “ވޭކަޕް ސިޑް”، “ޔޭ ޖަވާނީ ހޭ ދިވާނީ” ފަދަ ފިލްމުތައް ޑައިރެކްޓްކުރި އަޔާން މުކަރްޖީ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު