މީޑިއާނެޓުން ބޭއްވި ”އެމްއެސް ޝޯޓް މޫވީ ޗެލެންޖް“ގެ ފަޚުރުވެރި އެއްވަނަ “އިޚްތިޔާރު” ކުރު ފިލްމަށް ލިބިއްޖެ އެވެ. ދެވަނަ ލިބިފައި ވަނީ ފިލްމު “ހިމިތި” އަށެވެ. ތިންވަނަ ލިބުނީ “ދެ ލެޓާރ” އަށެވެ.

”އެމްއެސް ޝޯޓް މޫވީ ޗެލެންޖް“ގެ ނަތީޖާފާޅުކޮށް ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކުރުމަށް ޗަމްޕާ ސެންޓްރަލްގައި މި އިވެންޓް ބޭއްވީ މިމަހު 11 ވަނަ ދުވަހު ހަވީރު 05:30ގަ އެވެ. މި ހަފުލާގައި ފިލްމުތައް ބައިވެރިކުރި ފަރާތްތަކާއި ބައެއް މީޑިއާތަކުން ބައިވެރިވި އެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ޒުވާން އައު ފަންނާނުން މި ދާއިރާއަށް ނެރެ ބާރުވެެރިކުރުވުމަށް މީޑިއާނެޓުން ބޭއްވި މި މުބާރާތުން އެއްވަނައަށް ދިޔަ ފިލްމު އުފެއް ‘ލޯރ’އަށް އެއްލައްކަ ރުފިޔާ، ދެވަނައަށް ދިޔަ “ހިމިތި” އަށް 50،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ “ދަ ލެޓާރ”އަށް 30،000 ރުފިޔާ މީޑިއާނެޓުން ދީފައިވެ އެވެ.

ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ މީޑިއާނެޓްގެ ހެޑް އޮފް މާކެޓިން ޒިހުނީ ރަޝީދު އެވެ.

”އެމްއެސް ޝޯޓް މޫވީ ޗެލެންޖް“ގައި ނުވަ ފިލްމު ބައިވެރިކޮށްފައިވެ އެވެ. އެ ފިލްމުތަކަކީ:-

“އިޚްތިޔާރު” – ލޯރ
“ހިމިތި” – އިސްމާޢީލް އާސިފް
“ދަ ލެޓަރ” – އަލީ ޝާމިން
“ހަށި” – މުޙައްމަދު ޝަނޫން
“ނަޒަރު” – ލައިޓްސް އައުޓް
“މޫވީ ނައިޓް” – މިފްޒާ ޙަސަން
“ޙައްޤު ނިޔާ” – ރީޝާ ޝަރީފް
“ބްލޫސް” – ޝިއްމަ
“ގާރޑަން ތެރޭ އުދުހިލާ” – ސްލޯ ޓޭޕް

ސާޅީސް މިނެޓަށް ވުރެ ދިގުނުވާ ގޮތަށް، ސިޔާސީ ނުވަތަ ދީނާ ދެކޮޅު މަންޒަރާއި އަޑު ނުހުންނަ ގޮތަށް، ތައްޔާރު ކޮށްފައިވާ މި ފިލްމުތަކަށް އިންސާފުކޮށްފައިވަނީ ފަނޑިޔާރުން އަދި ބެލުންތެރިންގެ އެންމެ މަގުބޫލުކަން ލިބުނު އުފެއްދުންތަކަށް ބަލައިގެންނެވެ.

މި މުބާރާތުގައި ފިލްމުތައް ބައިވެެރިކުރި ހުރިހާ ފަރާތްތަކަށް މީޑިއާނެޓާ ގުޅިގެން ފިލްމާއި ސީރީޒްގެ އިތުރުން އެކި ބާވަތުގެ ކޮންޓެންޓު އުފެއްދުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.