“އެއް ކަމެއް!” ޝަރާ ބުނެލާ އަޑު އިވެއެވެ. އޭގެ ފަހުން ދެން އިވެނީ ފައިރޫޒްގެ އަޑެވެ. އޭނާ ބުނަނީ އަޑުއަހަން އެހާ ފަސޭހަ ވާހަކަކޮޅެއް ނޫނެވެ.
“އޭނަ މަ ކާލުމުގެ ކުރިން، މަ އޭނަ ކާލުން!” ފައިރޫޒް ބުނެލަނީ މިހެންނެވެ. މިއީ މިމަހު 15 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ އައިފިލްސްގެ ‘ބިރުވެރި ވާހަކަ’ ސީރީޒްގެ ތިންވަނަ އެޕިސޯޑް “އެދުން“ގެ ޓްރެއިލާއިން ފެންނަ ބިރުވެރި މަންޒަރުތަކުގެ ތެރެއިން އިވޭ ތަފާތު ބިރުވެރި ވާހަކަކޮޅެކެވެ.
“އެދުން“ގެ ޓްރެއިލާއިން ފެންނަ ބައެއް މަންޒަރުތަކަށް ބަލާއިރު، މި އެޕިސޯޑްގެ އެއްމެ މުހިންމު އެއް ރޯލުން ފެނިގެންދަނީ ފައިރޫޒް ކަމަށް ބެލެވެ އެވެ. ފައިރޫޒަށް ކުރިމަތިވެފައިވާ އާދަޔާޚިލާފު ހާލަތެއްގެ ސަބަބުން މިނިމަސް ކެއުމުގެ “އެދުން” އޭނާގެ ގައިގައި ހަރުލާފައި ހުންނަނީ ކަމަށް ވުމަކީ ފެނުނު މަންޒަރުތަކުން ކުރެވޭ ހީއެކެވެ.
‘ބިރުވެރި ވާހަކަ’އިގެ ކޮންމެ އެޕިސޯޑަކީވެސް ބޮޑު ސަސްޕެންސެއް ހިފެހެއްޓިފައިވާ އެޕިސޯޑެއްގެ ގޮތުގައި ކުރިއަށްގެންދާ މި ސީރީޒްގެ “އެދުން” ރިލީޒްކުރާނީ މިމަހު 17ވާ ހުކުރުދުވަހު އެވެ. މި އެޕިސޯޑްގެ ވެސް އިތުރު މަޢުލޫމާތުތަކެއް އައިފިލްމްސް އިން ހާމައެއް ނުކުރެ އެވެ.
މި އެޕިސޯޑް ލިޔެ ޑައިރެކްޓްކުރި އިލްޔާސް ވަހީދު (އިއްލެ) މުނިއަވަސް އަށް ބުނީ މި އެޕިސޯޑްގައި ފެނިގެންދާ ފައިރޫޒަކީ އައިފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި”ގައި ނުޒޫގެ ބައްޕަގެ ރޯލުން ފެނިގެންދިޔަ ހުނަރުވެރި ފަންނާނު ކަމަށާ މި އެޕިސޯޑުން ފައިރޫޒްގެ އާދަޔާޚިލާފު މޮޅު އެކްޓިންއެއް ފެންނާނެ ކަމަށެވެ.
މިހާރު ދިރާގު ޓީވީން އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑުން ދައްކަމުން އަންނަ ‘ބިރުވެރީ ވާހަކަ” ސީރީޒް މިއީ ޕެރަނޯމަލް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބިރުވެރި ސީރީޒެކެވެ. މީގެ ކޮންމެ އެޕިސޯޑެއްގައި ވެސް ދައްކުވައިދޭނީ ތަފާތު ވާހަކަތަކެކެކެވެ. ނަމަވެސް އެއް ވާހަކައާއި އަނެއް ވާހަކަ ގުޅި ލާމެހިފައިވާ ގޮތަށެވެ.
މި ސީރީޒް ފެށުނީ “ފޯން ކޯލް”ގެ ނަމުގައި ނެރުނު އާދަޔާޚިލާފު އެޕިސޯޑަކުންނެވެ. އޭގެ ފަހުން “ލަކުނު”ގެ ނަމުގައި ދެވަނަ އެޕިސޯޑް ނެރުނީ މިދިޔަ ހުކުރުދުވަހު އެވެ. އެ އެޕިސޯޑުން މަރްޔަމް ވަހީދާ (ޔަމް)ގެ ހުނަރުވެރިކަން މީގެ ކުރިން އެހެން އުފެއްދުމެއްގައި އޭނާ ދައްކާފައި ނުވާހާ މޮޅަށް ދައްކާލާފައިވެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!