ރާއްޖޭގައި އެއްމެ ކޮލިޓީކޮށް، ބްރޭންޑް ނަމެއްގެ ދަށުން ޑީޖޭ ރިމިކްސް ހަދަމުން އަންނަ ހުނަރުވެރި ޑީޖޭ މިއުޒީޝަން، ޑީޖޭ ކައްޗޭގެ ސަޅި އުފެއްދުމެއް އަނެއްކާވެސް މިވަނީ އެހުންތެރިންނަށް ދޫކޮށްލާފައެވެ. މަޝްހޫރު ޑައިރެކްޓަރ/ޕްރޮޑިއުސަރ ފާޠިމަތު ނަހުލާގެ ފިލްމު “ބޮސް”ގައި ހިމެނޭ ސަޅި ލަވަތަކުގެ ތެރެއިން “ހިތް އަވަސްވާ ގޮތް” ލަވައަށް ޑީޖޭ ކައްޗޭގެ ހުނަރުވެރި ވިރުވުންތައް އަޅާލައިގެން ހިތްގައިމު ޑާންސް މިކްސްއަކަށް މި ލަވަ ބަދަލުކޮށްލާފައި މިވަނީ ނަހޫގެ ހުއްދަވެސް ހޯދައިގެންނެވެ.

މިމަހު 15ގައި ޑީޖޭ ކައްޗޭގެ ސައުންޑްކްލައުޑަށް މި ލަވަ ދޫކޮށްލުމާއެކު ލަވަ އަޑުއެހި ފަރާތްތަކުން މި މަސައްކަތަށް ތަޢުރީފުކޮށްފައިވަނީ ލަވަ އަޑުއަހައިލުމުން އިތުރަށް ހިތްއަވަސްވާ ގޮތް ވާފަދަ ސްޓައިލެއްގައި މި ލަވަ އަލުން ގެނެސްދީފައިވާތީ އެވެ.ޑީޖޭ ކައްޗޭގެ އަޑުވެސް އިވިގެންދެ އެވެ.

މިއީ ޑީޖޭ ކައްޗޭގެ ފޭންއެއްގެ އެދުމުގެ މަތިން ނެރެފައިވާ ލަވައެއް ކަމަށް ޑީޖޭ ކައްޗޭ މުނިއަވަސް އަށް ބުންޏެވެ. “ހިތް އަވަސްވާ ގޮތް” މިއީ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޫނާގެ ދަރިފުޅު އަޙްމަދު ނަބީލް ކިޔާފައިވާ ލަވައެކެވެ. މީގެ ރީމިކްސްގައި

“ނެރެން ބޭނުންވީ ޑީޖޭ ޕާޓީ ސްޓައިލަށް. މިއީ އަޅުގަނޑަށް ފޭންއެއްގެ ފަރާތުން ލިބުނު ރިކްއެސްޓެއް.” ލަވައިގެ ޑީޖޭ ރީމިކްސްއެއް ނެރުނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން އޭނާ ފާހަގަކުރިއެވެ.

ރާއްޖޭގެ އެއްމެ ފުންނާބު އުސް ޕްރޮޑިއުސަރ/ޑައިރެކްޓަރގެ ލަވައެއްގެ ރީމިކްސްއެއް ހަދަން ޖެހުމުން ޑީޖޭ ކައްޗޭ ނަހޫއަށް މެސެޖްކުރީ ހުއްދަ ދޭނެކަމުގެ މާބޮޑު އުއްމީދެއްވެސް ނެތިއެވެ.

“އަކަމަކު ފޭސްބްކް މެދުވެރިކޮށް މެސެޖްކޮށްލީމަ ރިޕްލައި އައީ ރަނގަޅަށް. މިއީ 4 ގަޑިއިރުގެ މަސައްކަތް. މަޝްހޫރު ފިލްމެއްގެ ލަވައެއް ވީމަ އަސްލު ބޭނުންވީވެސް ސަޅިކުރަން، ހުއްދަވެސް ލިބުނީމަ.” ނަހޫގެ ފަރާތުން ލިބުނު އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރަމުން ޑީޖޭ ކައްޗޭ ބުންޏެވެ.

މިވަގުތުވެސް ޑީޖޭ ކައްޗޭގެ މަސައްކަތުގެ މޭޒުމަތީގައި ހަތަރު ކޮޕީރާގުގެ ލަވައާއި ދިވެހި އަމިއްލަ ރާގެއްގެ ލަވައެއް ރީމިކްސް ހަދަން ތައްޔާރަށް އެބަ އޮތެވެ.

“އަސްލު ވާގޮތަކީ ރިޒޯޓް ގިގްތައް ހުންނަ ގޮތުން މިއުޒިކް ޕްރޮޑިއުސްކުރަން ވަރަށް ވަގުތު މަދު. އެހެން ނޫންނަމަ އަލްބަމް ގޮތަށް ނެރެވޭނެ.” ޑީޖޭ ކައްޗޭ ހުރީ އެހުންތެރިންނަށް ހިތްގައިމު ގިނަ އުފެއްދުންތަކެއް ގެނެސްދޭން ނުހަނު ބޭނުންވެފައިކަން އޭނާގެ ވާހަކަތަކުން އެނގުނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.