ގެއްލިގެން ހޯދަމުން ދިޔަ ނިޝާ (ވާޝިޔާ މުޙައްމަދު)ގެ ފުރާނަނެތް ހަށިގަނޑު ފެނުނީ ހުޅުމާލޭ އިމާރެއްގެ ތެރެއިންނެވެ. ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ނާޒިމާ ޝާކިރު (ސޫޒަން އިބާރޙިމްފުޅު)ގެ ދަރިފުޅު ގެއްލުމާއެކު ފުލުހުން ނުފުރޮޅާ އެއްމެ ގާކޮޅެއްވެސް ނެތެވެ. ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރ ނަވާލް (އަޙްމަދު އިފްނާޒް) މި އިންވެސްޓިގޭޝަން ކުރިއަށް ގެންދިޔައީ ރޭ ނިދި ނަގާލައިގެންނެވެ.
މައްސަލައާ ގުޅުންހުރި ހުރިހައި ފަރާތްތަކެއްގެ ބަޔާންތައް ނެގިއެވެ. ނަމަވެސް ހުރިހާ ދިމާއަކުންވެސް އިތުރު އޮޅުންބޮޅުންތައް ކުރިމަތިވި އެވެ. އެހެން ނަމަވެސް ނިޝާގެ ގާތިލަކީ ކާކުކަން އެނގޭ ހިސާބުން ނަވާލަށް އެ އިންވެސްޓިގޭޝަނާ ދުރަށްދާން ޖެހެއެވެ.
އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށްފައިވާ 08 އެޕިސޯޑްގެ ވެބް ސީރީޒް ”ދަރަކަ“އިގެ ހުރިހައި އެޕިސޯޑެއް މިހާރު މީޑިއާނެޓުގެ ވީޑިއޯ ކްލަބުން ބަލައިލެވޭނެ އެވެ. ނިޝާގެ ގާތިލަކީ ކާކުކަން އެނގިގެންދަނީ ހީވެސްނުކުރާ ފަދަ ސަސްޕެންސެއް ކުރިމަތިކުރުވަމުންނެވެ. އަދި އޭގެ ފަހުގައި ނަވާލަށް ކުރިމަތިވާ ހާލަތުގެ ވާހަކަ އެނގުމުން ލިބޭ ހައިރާންކަން ދެގުނަ ވާނެ އެވެ.
ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ވެބް ސީރީޒް “ދަރަކަ” އަކީ ދިވެހިން ކޮށްފައިވާ މޮޅު މަސައްކަތެއް ބަލައިލަން ބޭނުންނަމަ އެކަމަށް އޮތް އެއްމެ ވަރުގަދަ، ސަޅި އުފެއްދުމެވެ. ކޮންމެ އެޕިސޯޑެއް ބަލަން އިންނަން ޖެހޭނީ ދެން ވާނެ ގޮތަކާމެދު ސިހޭ ހާލުގައެވެ.
View this post on Instagram
ވަރުގަދަ ކާސްޓެއް ފެނިގެންދާ މި ސީރީޒްގެ ވާހަކައިގައި އެއްމެ ވަރުގަދަ ދައުރެއް އަދާކުރާ ސޫޒަން އިބްރާހީމްފުޅު ފެނިގެންދާއިރު، މުހިންމު ރޯލުތަކުން ހުނަރުވެރި ތަރިންތަކެއް ފެނިގެންދެއެވެ. އެގޮތުން އިބްރާހީމް ޖިހާދު (ޖިމީ)، އަޙްމަދު އިފްނާޒް ފިރާޤް، ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް، އަދުހަމް ލަޔާލް ޤާސިމް، ޢާއިޝަތު ޢަލީ، ޢަލީ އުސާމް (ދޮނާ)، މުޙައްމަދު އަފްރާހް، އަލަށް ތަޢާރަފުކުރާ ފާޠިމަތު ވިސާމާ ހިމެނެއެވެ.
މިއީ އާސިމް ޢަލީ އަދި އާމިރާ އަލީ ޕްރޮޑިއުސްކޮށްފައިވާ ސީރީޒެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ
Dhaaeiraa ah kufoo hamanuvaakan khabaru kiyaalumun engijje.
Noosthah corrupt vefaivaa minvaru mihaaru khabareh isthihaareh vaiykeh nuvey. Saabas