“ފުރަތަމަ ފިލްމުކުޅެން ފުރުސަތު ލިބުނީ ޔޫސޭގެ ދިރިއުޅުމަކީ މިއީބާ އިން. އެ ޗާންސް ލިބުނު ގޮތަކީ އެއް ދުވަހަކު ފެން ބަލާ ގޮސްފައި ގެއަށް ދަނިކޮށް މަގުމަތިން ޔޫސޭބެއާ ދިމާވެގެން އެހީ ފިލްމު ކުޅެން ބޭނުންވޭހޭ. ކޮން ގެއެއްގެ ކުދިންތަކެއް ހެއްޔޭ؟ ދެން ގޭގެ ނަން ބުނާ ތަނުން ހުރިހާ ކަމެއް ހަމަޖައްސައިފި،”

މިއީ ދިވެހިންގެ ތެރޭގައި މަޝްހޫރު ކޮމެޑީ ޑްރާމާ ސީރީޒް ދިރިއުޅުމަކީމިއީބާ އިން ކުޑައިރު ފާާތިމަަތު އާޒިފާ (އަޒޫ) އަށް ފުރުސަތު ލިބުނު ގޮތެވެ. ފިލްމީ ދާއިރާއަށް ފުރަތަމަ ފިޔަވަޅު އަޅަން ފުރުޞަތު ލިބުނުގޮތެވެ. އަޒޫ ބުނީ އެ ޑްރާމާާ އަކީ ލަވަ ކިޔާ ޑްރާމާއެއް ކަމަށާާއި އެކްޓްކުރަން ބޮޑަށް ޝައުގު އުފެދެން ފެށީ އެހިސާބުން ކަމަށެވެ. އޭގެ ފަހުން އުމުރުން 18 އަހަރުގައި 2008 ވަަނަ އަހަަރު އަަނެއްކާާވެސް އަޒޫ ފެނިގެންދިޔައީ ޔޫސޭގެ ހުރިގޮތަކީމީބާ؟ އިންނެވެ. އަޒޫ ރަސްމީކޮށް އެކްޓިން އަށް ނިކުތީ މިހިސާބުންނެވެ.

ލިބުނު ފަުރުޞަތުގެ ބޭނުން ހިފައިގެން އަޒޫ އަންނަނީ ޑްރާމާ ތަކާއި ފިލްމުތަކުން ތަފާތު ކެރެކްޓަރ ރޯލްތަައް ކުޅެމުންނެވެ. އެހެންކަމުން ފިލްމީ ދާއިރާގައި މިހާރު ތިބި ޒުވާން ބަތަލާއިންނަށް ބަލާ އިރު، އެންމެ އުންމީދީ އެއް ބަތަލާއަކީ އަޒޫ ކަަމަަށް ބުނެވިދާާނެ އެވެ. މިހާތަނަށް ކުޅުނު ވީޑިއޯ ލަވަތަކުންނާއި ފިލްމުތަކުން އަޒޫ ވަނީ ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ހޯދާފަ އެވެ.

2017 ވަނަ އަހަރު ބޭއްވި ދިވެހި ފިލްމު އެވޯޑުން ކުރު ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑާއި ބެސްޓް އެކްޓްރެސްގެ އެވޯޑް އަޒޫއަށް ލިބުން މިއީ މިދާއިން އަޒޫ އަށް އެންމެ މަތީ ހަރުފަތާއި ހަމައަށް އެރިދާނެ ކަމުގެ ފެހި ސިގްނަލެއް ލިބުން ކަމަށް ޤަބޫލުކުރެވެ އެވެ.

އަޒޫ ގެ ހަަމަ ކޮންމެ ފިލްމަކުންވެސް ފެނިގެންދަނީ ތަފާާތު ހުނަރެކެވެ. ލޯބީގެ ރޯލުތަކުން ފެށިގެން، ތުއި މައުސޫމު އަންހެން ކުއްޖެއްގެ ބަޔާއި ސައިކޯ ކުއްޖެއްގެ ކެރެކްޓަރ އެއް ނުވަތަ ވިލަން ގެ ކެރެކްޓަރ އެއް ކުޅެންވިޔަސް އަޒޫ ވަަރަަށް ހުނަރުވެރިކަން ވަނީ ސާބިތުކޮށްދީފަ އެވެ.

އަޒޫގެ ފޭނުންނަަށް އަނެއްކާާވެސް ތަަފާާތު ގޮތަކަށް އަޒޫ ފެންނަން މިވަނީ ތައްޔާރުވެފައެވެ. މިފަހަަރު ބެލުންތެރިނާާއި ހަމައަށް އަޒޫ ފެނިގެންދާނީ ކުރިން ކުޅެފައިވާ ފިލްމުތަކުން ނުފެންނަ ފަދަ ތަފާތު ގޮތަކަށެވެ. ތަފާާތު ‘ލުކެއް’ ގަަ އެވެ. ފެބްރުއަރީ 06 ގަައި ރިލީޒް ކުރާ ‘ދެވަންސޫރަ’ އިންނެވެ.

‘ދެވަންސޫރަ’ އިގަައި އަޒޫ ކުޅެފަައިވާާ ރޯލާާއި މެދު މާާބޮޑު މަަޢުލޫމާާތެއް ދީފިނަަމަ ފިލްމުގެ ކުރިމަަރަައިލެވެނީ ކަަމަށް ވެދާނެ ކަަމަށް ފިލްމުގެ އެއް ޕްރޮޑިއުސަަރ މުހައްމަދު ފައިސަލް ވަނީ މުނިއަވަސް އަށް ދިން އިންޓަވިއެއްގައި ބުނެފައެވެ. އެހެން ނަަމަވެސް އަޒޫ ބުނާާ އެއްޗެއް ވެސް މުނިއަވަސް އިން ބަަލަައިލީމެވެ.

‘ދެވަންސޫރަ’ އިގައި އަޒޫ ކުޅެފައިވާ ކެރެކްޓަރ އާާއިމެދު ހާާމަަކޮށްލެވެން އޮތް މިންވަރަަކަށް ކިޔާލަދީބަލަ؟

މި ފިލްމުގަައި ކުޅެފަައިވާާ ރޯލާާ ބެހޭގޮތުން އަޒޫ އަކަށް މާާބޮޑަަކަށް ކިޔައެއް ނުދެވޭނެ. ދެން އެނގޭ އެއްޗަަކީ މިހާާތަަނަށް ކުޅުނު ހުރިހާ ފިލްމަަކަށްވުރެން މާ ތަފާތު ކެރެކްޓަރ އެއްކަން އަޒޫ ކުޅެފަައިންނާނީ.

އަޒޫ ވެސް ބުނީ ފިލްމުގަައި ކުޅެފަައިވާާ ކެރެކްޓަރ ބެލުންތެރިން ބަލައިލަން ދޫކޮށްލިއްޔާ މާ ރަނގަޅުވާާނެ ކަަމަށެވެ. އެ ކެރެކްޓަރ ކިޔައިދިފިއްޔާ މުޅި ފިލްމަށްވެސް އޭގެ އަސަރު ކުރާާނެ ކަމަށް އަޒޫ ބުންޏެވެ.

އެނގޭ އެއްޗަަކީ ތަފާާތުވާާނެކަން އެހެން އެއްޗެއްސާ. ޑައިލޮގު ޑެލިވަރީއާ އެކްޓިންއާ ހުރިހަައި ކަމެއްވެސް ހަމަ ވަަރަށް ބޮޑަށް ތަފާތުވާާނެ. ތަންކޮޅެއް ‘ގޮތިކް’ ރޯލެއް އިންނާާނީ.

‘ދެވަންސޫރަ’ އިން އަޒޫ ފެންނާާނީ ‘ގޮތިކް ލުކް’ އަކުން ފޮޓޯ: ދެވަންސޫރަ ޕޭޖް

ޝޫޓިންގ ތެރޭގަ ކަންތައްތައް ދިޔަގޮތާއި ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާ، އޯވަރޯލްކޮށް ޝޫޓިންގ ގެ ކަންތައްތައް ދިޔަގޮތް ހިއްސާކޮށްލަ ދީބަލަ؟

ޔޫއްޕެގެ ފިލްމަކަށް ހަމަ ނޯ ޑައުޓް. ޔޫއްޕެއާ އެކުގަ އަޒޫ އަށް ހަމަ ވަރަށް ފަސޭހަ މަސައްކަތް ކުރަން. އަނެއްހެން ބުނާނަމަ އެންމެ ގިނައިން ޔޫއްޕެގެ ފިލްމުތަކުގަ މިހާރު މި މަސައްކަތް ކުރަނީ. ދެން އެހެން އެއްޗެހީގެ ޝޫޓިން އަށް މިދާ ގޮތަށް ރަށްރަށަށް ގޮސްގެން ނޫން މީގެ ޝޫޓިން ކުރީކީ. މީގެ ޝޫޓިން ގަ މީނދީ އަޒޫގެ ޝޫޓިން އަށް ޖެހުނީމަ އެދުވަހެއްގަ މި ޝޫޓް ކުރަނީ. މިސާލަކަށް އެދުވަހެއްގަ ގޮސް އެދުވަހެއްގަ ނަގަން ޖެހޭ މަންޒަރެއް ނަގާލަނީ.

ދެން ސެޓެއް ހަދައިގެން އަސްލު މީގަ އަޒޫގެ ބައެއް ސީން ތައް ނަގާފަ މީނދީ. ދެން މާލޭގެ ގެެއެއްގަވެސް.

‘ދެވަންސޫރަ’ ފިލްމާއިމެދު ކުރެވޭ އުއްމީދަކީ ކޮބާ؟

ހަމަ އެކަނި އަޒޫގެ ބަޔަށް ބަލާލާފަވެސް ފިލްމު ވަރަށް ތަފާތު، ދެން ހަމަ ވަރަށް މޮޅުވާނެ ފިލްމު. ހަމަ ވަރަށް ސަޅި ފިލްމެއް. ދެން މީގަ އަޒޫ އަށް އަދާކުރެވިފަ އިން ކެރެކްޓަރ ވަރަށް ތަފާތު ވާނެ. ދެން އަޒޫ އަށް މީތީގަ އުޅެވޭތީ ހަމަ ވަރަށް ޕްރައުޑްވޭ. ހަމަ އަޒޫގެ ސީންތައް އެކަނި ބަލައިލިޔަސް ވަރަށް މޮޅު ފިލްމެއްކަން އެބަ އެނގޭ.

‘ދެވަންސޫރަ’ އިގެ ދެ ޕޯސްޓަރެއް ފޮޓޯ: ދެވަންސޫރަ ޕޭޖް

އަޒޫ ތަކުރާރުކޮށް ބުނީ ޔޫއްޕެގެ ފިލްމެއް ވެއްޖެއްޔާ އެއްވެސް ޝައްކެއް ނެތްކަމަށާއި މި ފިލްމު ވަރަށް މޮޅުވާނެ ކަމަށެވެ.

ޔޫއްޕެގެ އެއްޗެއް ވެއްޖެއްޔާ ސްޓޯރީވެސް މޮޅުވާނެ. ޑައިރެކްޝަން ވެސް މޮޅުވާނެ.

މިހައިތަނަށް އައިއިރު އަޒޫ އަންނަނީ ޔޫއްޕެ ދޭ ހަމަ ކޮންމެ ފުރުޞަތެއްގެ ވެސް ބޭނުން ހިފަމުންނެވެ. ޔޫއްޕެގެ ސްޓޯރީ އާއި ޑައިރެކްޝަން އާއި ދޭތެރޭގައި ބުނާނެ އިތުރު އެއްޗެއް ނޯންނަހާ ފައްކާކަން އަޒޫ ނޫނަސް ގިނަ ސްޓާރުންތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަޒޫ ބުނީ މިއީވެސް އެގޮތުން ޔޫއްޕެ ކުރި ރިކުއެސްޓަކަށް ކުޅު ރޯލެއް ކަމަށެވެ.

މިއީ ހަމަ ޔޫއްޕެ ރިކުއެސްޓް ކޮށްލީމަ ކޮށްފަ އޮތް މަސައްކަތެއް. އެހެންވީމަ އެކަމަށްޓަކައި ތެންކިޔު ބުނެލަން ބޭނުން. އުއްމީދުކުރަން ޔޫއްޕެ ބޭނުންވި ވަރަށް އަޒޫ އަށް އެކްޓް ކުރެވިފަ އިންކަމަށް.

ފިލްމު ޝޫޓިންގަ އެބައޮތްތަ އެއްވެސް އާދަޔާޚިލާފް ކަމެއް، އާދަޔާޚިލާފް ޝޮޓެއް ނުވަތަ ސީން އެއްވިޔަސް ނޫނީ ހަނދާންނުން ފިލުވައިލަން ދަތި ކަހަލަ ކަމެއް ހިނގާފަ؟

މީތީގަ ކުރިން ބުނިހެން ކެރެކްޓަރ ތަފާތުވީމަ ފުރަތަމަ ހަމަ ހިތަށް އެރި ހާދަ އަނެއްގޮތަށް ތަފާތޭ މީތީގަ. ދެން އެބައި ޔޫއްޕެ ބޭނުންވާ ވަރަށް އަޒޫއަށް ދެއްކޭނެބާއޭ ހިތަށް އެރި. ދެން އެގޮތުން ހަމަ އަޒޫގެ މޭކަޕްވެސް ވަރަށް ތަފާތުކޮށް ބަހައްޓަން ޖެހުނީ. ލާ ހެދުންވެސް. ހަމަ ހުރިހާ އެއްޗެއް ވަރަށް ތަފާތުކޮށް. އެހެންވީމަ ވަރަށް ތަފާތު އެކްސްޕީރިއަންސެއް. އުންމީދުކުރަނީ އެ ކެރެކްޓަރއާ އެއްވަރަށް އަޒޫގެ އެކްޓިންވެސް އަދި ހުރިހައި ކަމެއްވެސް ޕަރފެކްޓް ވާނެކަމަށް. ހަމަ ބަލައިގަންނާނެ ކަމަށް. ދެން ފިލްމު އެޅުވީމަ އެ އަންނަ ކޮމެންޓްސް ބަލައިލަން ބޭނުންވަނީ.

‘ދެވަންސޫރަ’ ރިލީޒް ކުރަން ހަފުތާއެއްހައި ދުވަހަށް ކުޑަތަން ވެފައިވާއިރު، އަޒޫ ހުރީ ފިލްމު ބެލުމަށްފަހު ބެލުންތެރިންގެ ފަރާތުން އަންނާނެ ކޮމެންޓް ތަކަށް އިންތިޒާރުގަ އެވެ. ހަމަ ގައިމުވެސް ޔޫއްޕެ ގެ ޑައިރެކްޝަން ތަކަށް ލޯބިކުރާ ފަރާތްތަކާއި އަޒޫ ގެ ފޭނުންވެސް މިހާރު އިންތިޒާރު ކުރަމުން ދާނީ ފިލްމު ރިލީޒްކުރާ ދުވަހަށެވެ.

ދެވަންސޫރަ އަށް އިންތިޒާރު ކުރަމުން ދިޔަޔަސް އަޒޫ މިހާރުވެސް އެތައް ޕްރޮޖެކްޓް ތަކަކަށް އަންނަނީ ތައްޔާރުވެސް ވަމުންނެވެ. ދެވަންސޫރަ އަށް ފަހުން ދެން އެންމެ އަވަހަށް އަޒޫގެ ފިލްމަކަށް ފެންނާނީ ‘ގިލަން’ ކަމަށް ބެލެވެ އެވެ. އޭގެ ފަހުން އަނެއްކާވެސް ޔޫއްޕެ ގެ ޑައިރެކްޝަން އެއް ކަމަށްވާ ‘ނޯޓީ40’ ގެ ސީކުއަލް ‘ފޯޓީ ޕްލަސް’ ވެސް ރިލީޒް ވާކަށް އެހާ ގިނަދުވަހެއް ނުނަގާނެ އެވެ. ‘ފޯޓީ ޕްލަސް’ އާއިމެދުވެސް އަޒޫގެ އުއްމީދުތައް ހާމަކުރިއެވެ.

އަޒޫ އަކީ މިއަހަރު އެންމެ ބިޒީވާާނެ އެއް އަންހެން ބަޠަލާާ ފޮޓޯ: ފައިސަލް

އަޒޫ: ……….. ދެން އެވެސް ހަމަ އަޒޫ ބުނާނީ އަޒޫ ނޯޓީ40 ގަ ކުޅެފަ އިން ކެރެކްޓަރ އާ ހަމަ މުޅިން ތަފާތު ވާނެ ‘ފޯޓީ ޕްލަސް’ ގަ. ތަފާތު ކޮންސެޕްޓެއް. އެހެންވީމަ މި ފިލްމުވެސް ހަމަ ވަރަށް ތަފާތުވާނެ.

އަޒޫ ބުނީ ޔޫއްޕެ ގެ ޑައިރެކްޝަން ތަކެއްގެ މަސައްކަތާއި ފައިސަލް ޑައިރެކްޓް ކުރާ ފިލްމެއްގެ މަސައްކަތެއްވެސް ކުރިއަށް އެބައޮތް ކަމަށެވެ. މީގެ އިތުން ފާތުމަތު ނަހުލާ (ނަހޫ) ގެ ޕްރޮޖެކްޓެއްވެސް އެބަ އޮތް ކަމަށާއި ނަމަވެސް އެއީ އަދި ޝޫޓިން ފަށާނެ ވަގުތެއް އެއްކޮށް ކޮންފަރމް ނުވެ އޮތް ޕްރޮޖެކްޓެއް ކަންވެސް އަޒޫ ފާހަގަކުރި އެވެ.

ދެވަންސޫރައިގެ ޓިކެޓް މިހާާރުވެސް ވިކެމުންދަނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.