ބިރުވެރި ވާހަކައިގެ ފަސްވަނަ އެޕިސޯޑް “މަސް ދަތުރު – 01” ޖުލައި 01ވާ ހުކުރު ދުވަހު ދައްކަން ނިންމައިފި އެވެ. މަޝްހޫރު ގިނަ ތަރިންތަކެއްވެސް ފެނިގެންދާ “މަސް ދަތުރު”ގެ ޓްރެއިލާއެއް މިއަދު އައިފިލްމްސް އިން ރިލީޒްކޮށްފައިވެ އެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ “މަސް ދަތުރު – 01″ން ފެންނަ ފާހަގަކޮށްލެވޭ މޫނުތަކުގެ ތެރޭގައި ނަދީހް، އައްޒަ، ސަޢީދު، ދޮނާ، ނަތާޝާ، ޝާރިފް، ސޭންޑި ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް މި އެޕިސޯޑުން ފެންނާނެ އެވެ.

ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ހުކުރު ދުވަހަކު މިހާރު ގެނެސްދެމުން އަންނަ އައިފިލްމްސްގެ ފުރަތަމަ ވެބް ސީރީޒް ’ބިރުވެރި ވާހަކަ’އިގެ ހަތަރުވަނަ އެޕިސޯޑް “މާސްކް” މިދިޔަ ހުކުރު ދުވަހު ނެރެފައިވެ އެވެ. އެ އެޕިސޯޑުގެ ލީޑް ކުޅެފައިވަނީ ރޯމަން އެވެ.

ގޮނޑުދޮށުން ފެންނަ މާސްކެއް އެޅުމުން ރޯމަންއަށް ކުރިމަތިވާ ހާލަތާއި އޭގެ ސަބަބުން ނުކުންތަ ނަތީޖާ “މާސްކް”ގައި ދައްކައިދެ އެވެ.

އަންނަ ހުކުރު ދުވަހު ނެރޭ “މަސް ދަތުރު – 01” އެޕިސޯޑާއި މީގެ ކުރިން ނެރެފައިވާ އެޕިސޯޑްތަކާވެސް ގުޅުން ހުންނާނެ އެވެ. އެހެންކަމުން މި ސީރީޒް ބަލަން ނުފަށާ ތިބި ފަރާތްތަކުން ފުރަތަމަ އެޕިސޯޑުން ފެށިގެން ބަލަމުން ގެންދިއުމުން ‘ބިރުވެރި ވާހަކަ’އިގެ އަސްލު އަސަރު ރަނގަޅަށް ކުރާނެކަން ޔަޤީނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.